އދ. އޮމަދޫގައި ތަރައްޤީކުރަމުންދާ ޕޮލިސް ޕޯސްޓު އިމާރާތުގެ ބައުންޑަރީ ވޯލް ނުވަތަ ވަށާފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓު ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ފުރާޅުގެ އެންމެ ފަހުގެ މަސައްކަތްތަކާއި، ބޭރު ވަށާފާރު ޕްލާސްޓަރު ކުރުމުގެ އިތުރުން އިމާރާތުގެ އެތެރޭގެ ބްލޮކް ރޭނުމުގެ މަސައްކަތްތައް ކަމަށެވެ.
އޮމަދޫ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މީގެއިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢު ނިމި ޕޮލިސް ޕޯސްޓުގެ ޚިދުމަތް ލިބެން ފެށުމުން، އޮމަދޫގެ އިޖުތިމާޢީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ރަށުގައި ކުށްމަދު ކުރުމަށާއި އަމަންއަމާންކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އެމްޓީސީސީން ދަނީ މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު