ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 3.8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ 6 މީހަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އި، މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިގޮތުން 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ހުއްޓުވާފައިވަނީ ބަންގްލަދޭޝަށް ފުރަން ގޮސް އެއާޕޯޓުގައި ތިއްބައެވެ.
އެ މީހުން ބަލައިފާސްކުރިއިރު ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ 18 ވައްތަރެއްގެ ބޭރު ފައިސާ ވަނީ ފެނިފައެވެ. އޭގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަގު ދިވެހި ރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 3,861,415.29 އަށް އަރާކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު