ބައްޕަގެ މަރުމަތީގައި، އެންމެ ފަހު ނޭވާތަކާ ހަނގުރާމަކުރައްވަމުން ގެންދެވި ވަގުތު، އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓަވައިގެން އޮވެ ކިރިޔަކިރިޔާ އިވޭވަރަށް ވިދާޅުވިއެވެ.
"ދަރިފުޅު އިބްރާހީމް... މަންމަ ބަލާތި! މިއީ ބައްޕަގެ އެންމެ ފަހު އެދުމަކީ."
އެއީ ބައްޕަގެ ދުލުން ބޭރުވި އެންމެ ފަހުގެ ސާފު ބަސްކޮޅެވެ. ބައްޕަގެ ފިނިވަމުންދިޔަ އަތްތިލައިގައި ބޮސްދެމުން އަހަރެން ރޮވިފައި ބުނީމެވެ.
"އިންޝާﷲ ބައްޕާ! އަހަރެން މަންމަ ލޮލުގެ ކޮއި ފަދައިން ބަލާނަން. ބައްޕަ އެއްވެސް ފިކުރެއް ނުކުރައްވާ!"
ބައްޕަގެ ފަނޑުވަމުންދިޔަ ލޮލުގެ ތެރެއިން ވެއްޓުނު ކަރުނަތިއްކާއެކު އަނެއްކާވެސް ބުނެލިއެވެ.
"ވަޢުދުވޭ... އަހަރެންގެ ކުރިމަތީގައި ވަޢުދުވޭ ދަރިފުޅާ."
"އަހަރެން ވަޢުދުވަން ބައްޕާ! މުޅި އުމުރަށްވެސް އެ ވަޢުދު މަތީގައި އަހަރެން ދެމިހުންނާނަން."
ބައްޕަ އަވަހާރަވީ އޭގެ އަނެއް ދުވަހުގެ މެންދުރުފަހުގައެވެ. ޖަނާޒާގެ ކަންކަން ނިމި، ހަތަރު ބޭން އެކުގައި އިށީނދެ މަންމަގެ ޒިންމާތަކާ ބެހޭގޮތުން ވާހަކަދެއްކީމެވެ. ދޮށީ ކޮއްކޮ ސަމީރު މޭޒުމަތީގައި އަތްއަޅާލަމުން ބުންޏެވެ.
"ދޮންބެ ތިހާ ބުރަވާކަށް ނުވާނެ. މަންމައަށް ބޭނުންވާ ކޮންމެ ކަމެއްގައި އަހަރެމެން ހަތަރު މީހުން ހަމަހަމައަށް ޚަރަދު ކުރަންވާނެ. އެއީ އަހަރެމެން އެންމެންގެވެސް މަންމަ."
ނަބީލާއި ފާއިޒްވެސް އެދެމީހުންނަށްވުރެ ދޮށީ ސަމީރުގެ ވާހަކައަށް އެއްބަސްވެ ބޯޖަހައިލިއެވެ. ނަމަވެސް، މަސްތަކެއް ނުވަނީސް އެ އަޑުތައް ވައިގެ ތެރެއަށް ބެހިގެންދިޔައެވެ. ހުރިހާ ބުރައެއް މަޑުމަޑުން އަހަރެންގެ ކޮނޑަށް ވެއްޓެން ފެށިއެވެ.
އައްޑޫގައި ހުރި މަންމަގެ ގޭގެ ފުރާޅުން ފެންވެހި، ވާރޭ ވެހޭ ކޮންމެ ރެޔަކު މަންމަ ހޭލާ އިންނަން ޖެހޭތީ އަހަރެން ސަމީރަށް ގުޅީމެވެ.
"ސަމީރު، ގޭގެ ފުރާޅު ވަރަށް ބޮޑަށް ހަލާކުވެއްޖެ. ކުޑަ ޚަރަދެއް އެބަ ބޭނުންވޭ."
ސަމީރު ފަރުވާކުޑަ ރާގަކަށް ބުންޏެވެ.
"ދޮންބޭ! މިވަގުތު ކުދިންގެ ސްކޫލް ފީ ދައްކަން ޖެހޭތީ އަތްމަތި ވަރަށް ދަތި. ދޮންބެ ތިކަން ކޮށްލަބަލަ."
ރާއްޖޭން ބޭރުގައި ހުރި ނަބީލަށް ގުޅުމުން އޭނާ ބުންޏެވެ.
"ބޭރުގައި އުޅޭއިރު ދިރިއުޅުމުގެ ޚަރަދުތައް ހުންނަވަރު ދޮންބެމެންނަކަށް ނޭނގޭނެ. އަހަންނަކަށް ތިޔަކަމަކަށް އެއްޗެއް ދެވޭކަށް ނެތް."
އެންމެ ހަގު ފާއިޒް، މަންމަގެ ގޭގައި ހުރެމެ ބުންޏެވެ.
"ލިބޭ ކުޑަ މުސާރައިން އަހަރެންގެ އަމިއްލަ ޚަރަދުވެސް ދެކޮޅެއް ނުޖެހޭ."
މަންމަގެ ކޮންމެ ބިލަކާއި، ޑޮކްޓަރު ފީއާއި، ގޭގެ މަރާމާތުތަކަށް ފައިސާ ދައްކަން ޖެހުނު ހަމައެކަނި މީހަކީ އަހަންނެވެ.
ބާރަ އަހަރު ދުވަސް ވޭތުވެގެން ދިޔައީ މިފަދަ ހިތްދަތި ގޮތަކަށެވެ. އެއްދުވަހަކު ދަންވަރު އަހަރެންގެ އަންހެނުން މަރިޔަމް ކަރުނަވީ ލޮލަކާއެކު އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ.
"އިބްރާހީމް! ދެން ހެޔޮނުވާނެ. ކޮއްކޮމެންގެ ޒިންމާއެއް ނެތީތަ؟ ހުރިހާ ބުރައެއް ތި އުފުލަނީ ކަލޭ އެކަނި. އަހަރެމެންގެ ދަރިންގެ ކިޔެވުމަށް އެއްކުރި ފައިސާކޮޅުވެސް ތި ހުސްވަނީ. ދަރިންގެ ޙައްޤުތަކާމެދު ކަލޭ ވިސްނަންވާނެއެއްނު؟"
އަހަރެން މަރިޔަމްގެ އަތުގައި ހިފާލަމުން ބުނީމެވެ.
"އެމީހުންގެ ހާލަތުވެސް ހުންނާނެއެއްނު މަރިޔަމް. އަހަރެން ބައްޕައަށް ވަޢުދުވީމޭ."
މަރިޔަމް ހިތާމައާއި ރުޅިވެރިކަން އެކުލެވޭ އަޑަކުން ބުންޏެވެ.
"ދަތިތައް އެންމެންގެވެސް ހުންނާނެ! ބައްޕަ އެދުނީ މަންމަ ބަލާށޭ، ތިން ފިރިހެން ދަރިންގެ ބަދަލުގައި އެކަނި ބުރަ އުފުލާކަށް ނޫން. ކަލޭ ތި ހަދަނީ ބޮޑު ގޯހެއް. މިއަދު ތި ޤުރުބާނީގެ އަގު ވަޒަންކުރާނެ ހަމަ އެކަކުވެސް ނެތް."
މަންމަ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވެ، ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. ޚަރަދު ހަ ލައްކައަށްވުރެ މައްޗަށް ދިޔުމުން އަހަރެން ހުރިހާ ބޭން އެއްކުރީމެވެ.
"މިއޮތީ ހޮސްޕިޓަލުގެ ބިލުތައް. މިފަހަރު އަހަންނަށް އެކަނި މިކަން ވާކަށް ނެތް. އެންމެން ބައިވެރިވާން ޖެހޭނެ،" އަހަރެން އާދޭހާއެކު ބުނީމެވެ.
ސަމީރު ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.
"ދޮންބޭ، މިވަގުތު ތިޔަވަރުގެ ބޮޑު އެއްޗެއް ދެއްކޭކަށް ނެތް. ވިޔަފާރި ވަރަށް ދަށް."
ނަބީލް ފަރުވާކުޑަކޮށް ވޮލެޓުން ފައިސާ ނަގަމުން ބުންޏެވެ.
"އަހަންނަށް ދެވޭނީ ދިހަ ހާސް ރުފިޔާ. އެއަށްވުރެ އިތުރަކަށް ނެތް."
އަހަރެންގެ ހިތް ފަޅައިގެންދާވަރު ވިއެވެ. "ދިހަ ހާސް؟ މިހާތަނަށް މަންމައަށް ކުރި ހުރިހާ ޚަރަދެއް ތިން މިލިއަނާ ގާތްކުރާއިރު ދިހަ ހާހޭ؟"
ފާއިޒް އިސްދަށަށް ޖަހައިގެން ހުރެ ބުންޏެވެ.
"އަހަރެންގެ އަތަކު ސުމެއްވެސް ނެތް. ދޮންބެ އަތުގައި ފައިސާ ހުރީމައެއްނު ކުރިންވެސް ޚަރަދުކުރީ."
އެދުވަހު އަހަރެންގެ ހިތް މުޅިން ކުދިކުދިވިއެވެ. މަންމަ ސަލާމަތްކުރުމަށްޓަކައި އަހަރެންގެ އަމިއްލަ ބިން ވިއްކައި، ދަރިންގެ މުސްތަޤްބަލަށް ރައްކާކުރި ހުރިހާ ފައިސާއެއް ހުސްކޮށްލީމެވެ.
މަންމަ ރަނގަޅުވެގެން ގެއަށް އައިސް، އަހަރެންގެ ލޮލުން ކަރުނަ ފޮހެދެމުން މަޑުމައިތިރިކަމާއެކު ބުންޏެވެ.
"ދަރިފުޅާ އިބްރާހީމް... ކޮއްކޮމެން ލަދުގަންނަން ޖެހޭނެ. ދަރިފުޅު ތިވި ޤުރުބާނީ މަންމައަށް ފެނޭ. މަންމަ ބޭނުމެއް ނޫން ދަރިއަކަށް ދަރަނިވެރިވެ އޮވެ މަރުވާކަށް. މި ގެއަކީ ދަރިފުޅު ކުރި ހުރިހާ ޚަރަދެއްގެ ރަހުނެއްގެ ގޮތުގައި ޤާނޫނީ ލިޔުމެއް ހަދަން މަންމަ ބޭނުން."
އެގޮތުގެ މަތިން ޤާނޫނީ ވަކީލެއްގެ ހާޒިރުގައި އެ ލިޔުން ތައްޔާރުކޮށް މަންމަ ސޮއިކުރިއެވެ.
އަހަރުތަކެއް ފަހުން، މަންމަ ދުނިޔެއިން ވަކިވުމުގެ ކުރިން ހުރިހާ ދަރިން އެއްކޮށް މުދާ ބެހުމުގެ ވާހަކަ ދެއްކިއެވެ.
"އަހަރެންގެ މި ގެ ހަތަރު ބޭންނަށް ހަމަހަމައަށް ބަހަން އަހަރެން ގަސްދުކޮށްފިން،" މަންމަ ބުންޏެވެ.
އަހަރެން ކެތްނުކުރެވިގެން އަހައިލީމެވެ.
"މަންމާ! އަހަރެން މުޅި އުމުރުގައި މި ގެއަށާއި މަންމަގެ ބޭސްފަރުވާއަށް ކުރި ޚަރަދުތަކަށް ވާނީ ކިހިނެއް؟ އަހަރެންގެ ދަރިން މަގުމަތިވީއިރު ކޮއްކޮމެން ތިބީ އަރާމުގައި."
އެވަގުތު މަންމަ ހަރުކަށިކަމާއެކު ބުންޏެވެ.
"އެއީ ދަރިއަކު މަންމައަށް އަދާކުރަންޖެހޭ ވާޖިބެއް. ކަލޭ މަންމައަށް ކުރި ޚަރަދުގެ ހިސާބު ބަލަނީތަ؟"
ފާއިޒް ވިހަ ހިނިތުންވުމަކާއެކު މަލާމާތްކުރިއެވެ.
"އިންޞާފަކީ އިންޞާފު ދޮންބޭ! ހަތަރު ދަރިން ތިބިއްޔާ ލިބޭނީ ހަތަރުބައިކުޅަ އެއްބައި. ދޮންބެ ޚަރަދުކުރީ ދޮންބެ އަތުގައި ފައިސާ ހުރީމަ."
އަހަރެންގެ ލޮލުން ހޫނު ކަރުނަތައް ފައިބައިގަތެވެ. އަހަރެން ތެދުވެގެން ގޮސް އަލަމާރިން ބޯ ފައިލެއް ނަގައިގެން އައިސް މޭޒުމަތީގައި ބޭއްވީމެވެ.
"ފާއިޒް! އަދި ސަމީރާއި ނަބީލް! އިންޞާފަކީ ކޮބައިކަން ބަލަން ބޭނުންތަ؟"
ފައިލު ހުޅުވާލުމާއެކު ފެނުނީ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ ރަސީދުތަކާއި ބޭންކް ސްޓޭޓްމަންޓްތަކެވެ. އަދި 2018 ވަނަ އަހަރު މަންމަ އަމިއްލަ އިޚްތިޔާރުގައި ސޮއިކޮށްފައިވާ ޤާނޫނީ ލިޔުމެވެ.
ސަމީރު އެ ލިޔުން ކިޔާލުމަށްފަހު ދެލޯ ބޮޑުވެ، މޭޒުމަތީގައި ޖަހަމުން ހަޅޭއްލަވައިގަތެވެ.
"މިއީ ކޮން ސަކަރާތެއް؟ މަންމަ ބަލިއެނދުގައި އޮއްވައި އޮޅުވާލައިގެން، މަކަރު ހަދައިގެން ސޮއިކުރުވީ ދޯ؟ ދޮންބެގެ ހިތެއްވެސް ނެތްތަ؟"
އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ސާބިތުކަމާއެކު ބުނީމެވެ.
"ނޫން ސަމީރު! މަންމަ ސޮއިކުރީ ހަމަހޭގައި، ސިކުނޑި ސަލާމަތުން ހުރެގެން. އެއީ ދަރިއަކަށް ބޮޑު ދަރަންޏެއް ބޮލުގައި އަޅުވައިގެން، އެ ދަރިފުޅުގެ އާއިލާ މަގުމަތިކޮށްލާފައި ކަށްވަޅަށް ދާން މަންމަ ބޭނުންނުވީމަ."
މަންމަގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ކުރިން ބުނެވުނު ބަސްތަކާމެދު ލަދުވެތިވެ، މަންމަ ދެއަތުން މޫނު ފޮރުވާލިއެވެ. އެވަގުތު ކައިރީގައި އިން ވަކީލު ލިޔުންތައް ޗެކްކޮށްލުމަށްފަހު، ހަރު އަޑުން ވިދާޅުވިއެވެ.
"މިއީ ޤާނޫނީ ގޮތުން ފުރިހަމަ، ޞައްޙަ ލިޔުމެއް. ޝަރީޢަތުގެ ހަމައިންވެސް ވާރުތަ މުދާ ބެހޭނީ މައްޔިތާގެ ދަރަނި އަދާކުރުމަށްފަހު. އެހެންކަމުން، މި ގޭގެ އަގުން މި ތިން މިލިއަން ރުފިޔާގެ ދަރަނި އިބްރާހީމަށް ޚަލާޞްކޮށްފައި ނޫނީ މުދާ ބެހުމުގެ އެއްވެސް ޙައްޤެއް އެހެން ވާރިޘަކަށް ނޯންނާނެ."
ކޮޓަރިތެރެއަށް މަރުހިމޭންކަމެއް ވެރިވިއެވެ. ސަމީރު އިސްދަށަށް ޖަހައިލިއިރު، އޭނާގެ މޫނުމަތިން ފެންނަނީ ބަޔާންކުރަން ދަތި ލަދުވެތިކަމެކެވެ.
"އަހަރެމެން ހީކުރީ... ދޮންބެ ތި ހުރިހާ ކަމެއް ކުރީ ހިތުން ރުހުމުން ހިލޭސާބަހަށް ކަމަށް،" ނަބީލް މަޑުމަޑުން ބުންޏެވެ.
އަހަރެން ރޮވިފައި ހުރެ ޖަވާބު ދިނީމެވެ.
"އާނ! އަހަރެން މަންމަ ބެލީ ލޯތްބާއި އިޙްތިރާމާއެކު ހިތުން ރުހުމުން. އެކަމަކު އޭގެ މާނައަކީ އަހަރެންގެ އަނބިދަރިންގެ ޙައްޤުތައް ފޭރިގަންނާށޭއެއް ނޫން! އަހަރެން ޚަރަދުކުރީ އަތުގައި ފައިސާ އިތުރުވެގެންނެއް ނޫން. އަހަރެންގެ އަމިއްލަ ދަރިންގެ ތަޢުލީމާއި ކުރިމަގު ޤުރުބާންކޮށްފައި. ތިޔައިން އެކަކުވެސް އެދުވަހު އަހަރެންގެ ހާލެއް ނުބަލާ ތިޔަ ތިންބެއިންވެސް ތިބީ މަންމައަށް އަދާކުރަންޖެހޭ ހައްގުތަކުން ރެކިގަނެގެންނުން؟"
މަންމަ ގިސްލަމުން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.
"ދަރިފުޅާ އިބްރާހީމް... މަންމައަށް މަޢާފުކުރޭ! މަންމަ ހީކުރީ ހަމައެކަނި އަދަދުން އެއްވަރުކުރުމަކީ އިންޞާފު ކަމަށް. އެކަމަކު ހަގީގީ އިންޞާފަކީ އެމީހަކު އުފުލި ބުރައާއި ވީ ޤުރުބާނީގެ އަގު ވަޒަންކުރުންކަން މަންމައަށް ވިސްނުނީ މިއަދު. މަންމަ މިއަދު އިންތިހާއަށް ލަދުގަނެފިން."
މަންމަގެ އެ އިޢުތިރާފާއެކު، ތިންބޭންގެ ހިތްތަކުގައި އޮތް ބޮޑާކަން ފުނޑުފުނޑުވެގެން ދިޔައެވެ. ފާއިޒާއި ނަބީލްވެސް ކުށްވެރި އިހުސާސާއެކު އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ. އަހަރެންގެ ބޭނުމަކީ ގެ އެކަނި މިލްކުކުރުމެއް ނޫނެވެ. އަހަރެން ބޭނުންވީ އަހަރެންގެ އާއިލާ ވީ ބޮޑު ޤުރުބާނީއަށް އިންޞާފު ހޯދުމެވެ.
އެ ހިތި ހަގީގަތް އެނގުމާއެކު އެ ތިންބޭންގެ ވިސްނުން މުޅިން ބަދަލުވިއެވެ. މަންމަ ދުނިޔޭގައި އިން އެންމެ ފަހު ދެ އަހަރު، އެމީހުންގެ އިހުމާލު ފޫބެއްދުމަށްޓަކައި މަންމަގެ ޚަރަދުތައް ބަރާބަރަށް ބަލަހައްޓަން ފެށިއެވެ. ސަމީރު ކޮންމެ މަހަކު މަންމައަށް ޚަރަދު ފޮނުވަމުން ދިޔައިރު، ނަބީލާއި ފާއިޒްވެސް މަންމަގެ ޚިދުމަތުގައި ދެމިތިއްބެވެ.
މަންމަ މި ދުނިޔެއާ އަލްވަދާޢު ކީ ހިތްހަމަޖެހުމާއި، ހުރިހާ ދަރިންނަށް ހެޔޮ ދުޢާ ކުރަމުންނެވެ.
މަންމަގެ ޖަނާޒާގެ ކަންކަން ނިމި، ހިތާމައިގެ ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް، ގޭތެރޭގެ މާހައުލަށް އައީ ބަޔާންކުރަން ދަތި ހަމަހިމޭންކަމެކެވެ. މަންމަ ނެތް ފަޅުކަން ކޮންމެ ދިމާއަކުން ފެންނަމުން ދިޔައިރު، ހަތަރު ބޭންގެ ދެމެދުގައި އުފެދުނު ގުޅުމަކީ މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކުރެވިފައި ނުވާ ފަދަ އިޚްލާޞްތެރި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ގުޅުމެކެވެ.
އެއްދުވަހަކު ހަވީރުގެ ވަގުތެއްގައި، ސަމީރާއި ނަބީލް އަދި ފާއިޒް އަހަރެންގެ ގެއަށް އައެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ މަޑުމައިތިރިކަމާއި ވިސްނުންތެރިކަމެވެ. މަރިޔަމް ސައި ހަދައިގެން ގެނެސް މޭޒުމަތީގައި ބެހެއްޓުމުން، ސަމީރު މަރިޔަމަށް ބަލައިލަމުން ވަރަށް އަސަރާއެކު ވާހަކަދައްކަން ފެށިއެވެ.
"ދޮންބެދައްތާ... އަހަރެމެން މިއަދު މި އައީ ހަމައެކަނި ދޮންބެއާ ބައްދަލުކުރާކަށް ނޫން. ދޮންބެދައްތަގެ ކިބައިންވެސް މަޢާފަށް އެދެން،" ސަމީރުގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ. "އަހަރެމެންގެ އިހުމާލުގެ ސަބަބުން މި ގޭގެ ދަރިންގެ ކިޔެވުމާއި މުސްތަޤްބަލަށް އެޅުނު ހުރަސްތަކަށް ވިސްނާލުމުން، މިހާރު ލަދުން ބޯ ހިއްލައިލަންވެސް ނުކެރޭ. ދޮންބެދައްތަ އެއްވެސް ޝަކުވާއެއް ނުކޮށް މި ހުރިހާ އަހަރަކު އުފުލި ބުރަ އަހަރެމެންނަށް އިޙްސާސް ކުރެވެނީ އަދިކިރިޔާ."
މަރިޔަމްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާ އިސްޖަހައިލަމުން މަޑުމައިތިރިކަމާއެކު ބުންޏެވެ.
"އަހަރެންގެ ހިތުގައި ތިޔަތިންބެއިންނާމެދު އެއްވެސް ހިތް ބުރަކަމެއް ނެތް. އަހަރެން ދެރަވީ އަހަރެންގެ ދަރިންނަށް ލިބެން އޮތް ޙައްޤުތައް ގެއްލިގެން ދިޔައިރު، އާއިލާގެ އެހެން މީހުން އެކަން ނުދެކޭތީ. އެކަމަކު މިއަދު ތިޔަ ވިސްނުން ބަދަލުވީތީ އަހަރެން ﷲ އަށް ޝުކުރުކުރަން."
އެވަގުތު ނަބީލް އޭނާގެ ދަބަހުން ލިޔެކިޔުންތަކެއް ނަގައި އަހަރެންގެ ކުރިމަތީގައި ބޭއްވިއެވެ. އެއީ މަންމަގެ ގޯތީގެ ރަޖިސްޓްރީއާއި، ކޯޓުން ނިންމާފައިވާ ތަރިކަ މުދަލުގެ އެންމެ ފަހުގެ ނިންމުމެވެ.
"ދޮންބޭ،" ނަބީލް ވާހަކަދެއްކިއެވެ. "މި ލިޔުންތަކުގައި ވާގޮތުން، ގޭގެ އަގުން ބޭބެއަށް ދޭންޖެހޭ ދަރަނި ކެނޑުމަށްފަހު، މި ގެ އެއްކޮށް ލިބެނީ ބޭބެއަށް. އަހަރެމެން ތިން މީހުން ވަނީ ކޯޓުގައި އެއްބަސްވެ، މި ގޭގެ އެއްވެސް މިންވަރަކަށް އަހަރެމެން ދަޢުވާ ނުކުރާނެ ކަމަށް ސޮއިކޮށްފައި. އެއީ ބޭބެ ވީ ޤުރުބާނީގެ އަގު އަދާކުރަން އަހަރެމެންނަށް ކުރެވޭނެ އެންމެ ކުޑަ ކަންތައް."
އަހަރެން އެ ލިޔުންތަކަށް ބަލައިލީމެވެ. ހިތަށް ވެރިވީ ބަޔާންކުރަން ދަތި އިޙްސާސެކެވެ. މުޅި އުމުރު ދުވަހު އަހަރެން އުފުލި ތަކުލީފުތަކާއި، ކުރި ހިތާމަތަކުގެ ބަދަލު މިދުނިޔެއިންވެސް ފެނިގެންދިޔައީއެވެ. ނަމަވެސް، އަހަރެންގެ ހިތަކަށް އެ ގެ އެކަނި މިލްކުކުރުމުގެ އެދުމެއް ނައެވެ.
"ކޮއްކޮމެންނޭ،" އަހަރެން ފުން ނޭވާއެއް ދޫކޮށްލަމުން ބުނީމެވެ. "އަހަރެން ބޭނުންވީ މި ގެއެއް ނޫން. އަހަރެން ބޭނުންވީ އަހަރެންގެ ދަރިންނަށް އިންޞާފު. އަދި އާއިލާގެ އެންމެންގެ މެދުގައި ޒިންމާތައް އުފުލުމުގެ ރޫޙު އޮތުން. ބައްޕަ ދުނިޔެ ދޫކުރަމުން އަހަންނާ ހަވާލުކުރި އެންމެ ބޮޑު އަމާނާތަކީ ހަމައެކަނި މަންމައެއް ނޫން. އަހަރުމެން ހަތަރު ބޭން އެކަތިގަނޑެއްގެ ގޮތުގައި ބޭތިއްބުން. އެހެންވީމާ، އަހަރެން ނިންމައިފިން މި ގެ އަހަރެމެން ހަތަރު މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރަން. އެކަމަކު، އެއީ ޝަރުޠަކާއެކު."
ފާއިޒް ހައިރާންވެފައި އަހައިލިއެވެ. "ކޮން ޝަރުޠެއް ދޮންބޭ؟ އަހަރެމެންނަށް ތިޔަ ގެއިން އެއްވެސް އެއްޗެއް ޙައްޤެއް ނޫން."
"ޝަރުޠަކީ،" އަހަރެން ހިނިތުންވެލަމުން ބުނީމެވެ. "މި ގެ ވާންވާނީ އަހަރެމެން އެންމެންގެ ދަރިންނާއި ދަރިކޮޅަށް އޮތް އާއިލީ ގެއަކަށް. އެއްވެސް މީހަކު މި ގެ ވިއްކާލައިގެން ނުވާނެ. މިއީ އަހަރެމެންގެ މައިންބަފައިންގެ ހަނދާންތައް ދިރުވާ، އާއިލީ ގުޅުން ބަދަހިކުރާ މަރުކަޒަކަށް ވާންވާނެ. އަދި ދަރިންގެ ތަޢުލީމަށް އަހަރެން ކުރި ޚަރަދުތައް އަނބުރާ ހޯދުމަށްޓަކައި، ގޭގެ ތިރީބައި ކުއްޔަށް ދީގެން ލިބޭ އާމްދަނީން އަހަރެންގެ ދަރިންގެ ކިޔެވުމުގެ ޚަރަދުތައް ހަމަޖެއްސުން. އޭގެ ފަހުން، ލިބޭ އެއްޗެއް ހަތަރު ބަޔަށް ހަމަހަމައަށް ބެހުން."
އެ ވާހަކަތައް އަޑުއަހާފައި ސަމީރާއި ނަބީލް އަދި ފާއިޒްގެ ދެލޯ ކަރުނުން ފުރުނެވެ. އެމީހުން ތެދުވެގެން އައިސް އަހަރެންގެ ގައިގައި ބައްދައިގަތެވެ. އެވަގުތު ކޮޓަރިތެރޭގައި އޮތީ ލޯތްބާއި ކުލުނުގެ ނިމުމެއް ނެތް އޮއިވަރެކެވެ. މާޒީގައި ވީ ހުރިހާ ދެބަސްވުމަކާއި ހިތްބުރަކަމެއް އެ ކަރުނަތަކާއެކު ދޮވިގެން ހިނގައްޖެއެވެ.
އޭގެ އަހަރުތަކެއް ފަހެވެ. މަންމަގެ ގޭގެ ގޯތިތެރޭގައި އަހަރެމެން ހަތަރު ބޭންގެ ދަރިން އެކުގައި ކުޅެ ސަކަރާތްޖަހަމުން ދިޔައެވެ. ގޭގެ ފެންޑާގައި އިށީނދެގެން އިނދެ، އެ މަންޒަރަށް ބަލަހައްޓައިގެން ހުރިއިރު، އަހަރެންގެ ހިތަށް ވެރިވަމުން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ބައްޕަގެ އެންމެ ފަހު އެދުން އަހަރެން ފުރިހަމަކޮށްފީމެވެ. މަންމަގެ ޙައްޤުތައް އަދާކޮށް، އާއިލާ ބައިބައިވިޔަނުދީ އެއްބައިވަންތަކަންމަތީ ދަމަހައްޓައިފީމެވެ.
މަރިޔަމް އަހަރެންގެ ގާތުގައި އިށީންނަމުން، ކުދިންގެ ހީނ ސަމާސާކުރާ އަޑަށް ކަންފަތްދީފައި ބުންޏެވެ.
"އިބްރާހީމް، މިއަދު އަހަންނަށް ވިސްނިއްޖެ ކަލޭ އެދުވަހު ކެތްތެރިވި ސަބަބު. އިންޞާފު ޤާއިމުކުރަން ޖެހޭނީ ރުޅިވެރިކަމާއި ބައިބައިވުމަކުން ނޫންކަން. ޙިކްމަތްތެރިކަމާއި ޙައްޤު ބަސް ބުނެގެންކަން."
އަހަރެން މަރިޔަމްގެ އަތުގައި ހިފާލަމުން ބޯޖަހައިލީމެވެ.
ޙަޤީޤަތުގައިވެސް، އިންޞާފަކީ ހަމައެކަނި ހުރިހާ އެއްޗެއް ހަމަހަމައަށް ބަހައިލުމެއް ނޫނެވެ. އިންޞާފަކީ ކޮންމެ މީހެއްގެ ޙައްޤު މަޤާމު ދެނެގަނެ، އެމީހަކު އުފުލި ބުރައާއި ވީ ޤުރުބާނީގެ އަގު ވަޒަންކޮށް، ޙައްޤުވެރިޔާއަށް އޭނާގެ ޙައްޤު ފުރިހަމައަށް ހޯދައިދިނުމެވެ. އަދި އެ އިންޞާފުގެ މަތީގައި ބިނާކުރެވޭ ގުޅުމަކީ، ދުވަހަކުވެސް ފަނޑުވުމެއް ނެތް، ތާ އަބަދަށް ދެމިގެންދާނެ ތެދުވެރި ލޯތްބެކެވެ. މިއީ އަހަރެމެންގެ އާއިލާއިން ފާސްވި އެންމެ ބޮޑު އިމްތިޙާނެވެ.

ކިޔުންތެރިންގެ ހިޔާލު