ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، ކުރިއަށް އޮތް ދައުރަށް ޕާޓީގެ ލީޑަރޝިޕް ވަރުގަދަ ކުރުމަށްޓަކައި ބޭއްވި ޚާއްޞަ ކޮންގްރެސްގައި ޕާޓީގެ އިސްމަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ގިނަ ޢަދަދެއްގެ މަންދޫބުން ބައިވެރިވި މި ކޮންގްރެސްގައި އެންމެ ފޯރިގަދަ އަދި ވާދަވެރި ހަރަކާތަކަށް ވެގެންދިޔައީ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅުން ހޮވުމަށް ބޭއްވުނު އިންތިޚާބެވެ. މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެއްވަނަ ކާމިޔާބު ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އެމަނިކުފާނަށް ވަނީ ޖުމްލަ 968 ވޯޓު ލިބިވަޑައިގެންފައެވެ.
އިންތިޚާބުގެ ކާމިޔާބީއަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ރާފިޢު ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުކޮށް، ދެއްވި ފުރިހަމަ އިތުބާރަށްޓަކައި ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންނަށް ހިތުގެ ފުންމިނުން އިޚްލާޞްތެރި ޝުކުރު ދަންނަވާ ކަމަށެވެ.
"ﷲ ގެ ވާގިފުޅާއިއެކު، އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި، ޕާޓީގެ ލަނޑުދަނޑިތައް ޙާޞިލުކޮށް ޤައުމަށް ޚިދުމަތްކުރުމުގައި ފަސްޖެހުމެއްނެތި ސާބިތުވެ ދެމިހުންނާނަމެވެ،" ވަޒީރު ރާފިޢު ވިދާޅުވިއެވެ.
މީގެއިތުރުން، މި އިންތިޚާބު ކާމިޔާބު ކުރެއްވި އެކުވެރި އެހެން ނައިބު ރައީސުންނަށް ހޫނު މަރުޙަބާއެއް ދަންނަވަމުން، އިންތިޚާބުގައި ވާދަކުރެއްވި އަގުހުރި ދެ ބޭފުޅުން ދެއްކެވި ނަމޫނާ ހިތްވަރަށް ވެސް ރާފިޢު ވަނީ ފަށްފަށުން ސާބަސް ދެއްވާފައެވެ. އަދި އެންމެހައި މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި، ޕާޓީގެ ކުރިމަގު އުޖާލާކުރުމަށް އަބަދުވެސް އެކުގައި މަސައްކަތްކުރުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށް ވިދާޅުވެ، އެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރުކުރެއްވުމަށް ވަނީ ދުޢާ ދަންނަވާފައެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، މި ކޮންގްރެސްއަކީ އެ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޕާޓީގެ ދައުރު ފުޅާކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު