ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި
ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި
މާލޭން ކަރަންޓު ކެނޑުމާ ގުޅިގެން، މާލޭގެ ހުރިހާ ފީޑަރުތައް އަލުން ޖައްސައި ހިދުމަތް މެދުކެނޑިފައި ހުރި ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓު ދެމުން ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ. އަދި މައްސަލަ ދެނަގަނެ ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

"މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން." ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެ އާއި ހުލުމާލެއިން ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި، ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަޙައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށެވެ.

"އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރ 1545 އަށް ގުޅުއްވުން އެދެން." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު