ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅުނު މަސްބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މި ބޯޓު ހިފެހެއްޓީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މި މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެންދިޔައީ 16 ސެޕްޓެމްބަރު 2026 ގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި 6 މީހުންނާ އެކު ހަރަކާތްތެރިވި ބޯޓެއް ކަމަށާއި މި ބޯޓު މާލެ ގެނެއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރާ އުޅަނދުތައް އެމްއެންޑީއެފުން ދަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު