އެމެރިކާގެ ކޮންގްރެޝަނަލް ބަޖެޓް އޮފީސް (ސީބީއޯ) އިން ހާމަކޮށްފައިވާ އައު ރިޕޯޓެއް ބުނާގޮތުން، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް މަދުވެގެން 38 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.
މި ހަނގުރާމަ މިގޮތަށް ކުރިއަށްދާނަމަ، ކޮންމެ މަހަކު އިތުރު 2 ބިލިއަނާއި 3 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށާއި، ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް މި ޚަރަދުތައް އިތުރަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ސީބީއޯގެ އަންދާޒާތަކުން ދައްކައެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިސައިލާއި ވައިގެ ދިފާއީ ނިޒާމުތައް މާބޮޑަށް ބޭނުންކުރަން ޖެހުމުގެ ސަބަބުން، އެމެރިކާގެ ހަތިޔާރުގެ ސްޓޮކް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މި ގެއްލުނު ހަތިޔާރުތައް އަލުން އުފައްދައި ފުރިހަމަކުރުމަށް ފަސް އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭތީ، ކުރިމަތިވެދާނެ އެހެން ބޮޑު ހަނގުރާމައަކަށް އެމެރިކާއިން އިޖާބަދިނުމުގެ ގާބިލުކަން ދަށްވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރުތަކުގެ އަގުތަކަށް ބަލާއިރު، ޕެޓްރިއޮޓް އަދި އެސްއެމް-6 މަރުކާގެ އިންޓަސެޕްޓަރެއްގެ އަގު ގާތްގަނޑަކަށް 4 މިލިއަން ޑޮލަރަށް އަރައެވެ. މީގެ އިތުރުން، ތާޑް މަރުކާގެ އިންޓަސެޕްޓަރެއްގެ އަގު 12 މިލިއަން ޑޮލަރަށް އަރާއިރު، ބައެއް ވައްތަރުގެ އެސްއެމް-3 އިންޓަސެޕްޓަރުގެ އަގު 28 މިލިއަން ޑޮލަރަށް އަރައެވެ.
މި ހަނގުރާމައިގެ ނޭދެވޭ އަސަރު އެމެރިކާގެ އާންމު ރައްޔިތުންގެ ދިރިއުޅުމަށްވެސް ފޯރާނެއެވެ. މެދުއިރުމަތިން ތެޔޮ ފޯރުކޮށްދިނުމަށް އެޅިފައިވާ ހުރަސްތަކާ ގުޅިގެން ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން، އަންނަ އަހަރުގެ ކުރީކޮޅު އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު 0.5 ޕަސެންޓް މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމާއި އެހެނިހެން ޒަރޫރީ ޚަރަދުތައް އިތުރަށް ބޮޑުވެގެންދާނެއެވެ.
ސީބީއޯގެ މި އަންދާޒާގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލާއި، އަނިޔާވި 800 އަށްވުރެ ގިނަ ސިފައިންނަށް ދިގު މުއްދަތަކަށް ފޯރުކޮށްދޭންޖެހޭ ސިއްހީ ފަރުވާއާއި އެލަވަންސްތައް ފަދަ މުހިންމު ޚަރަދުތައް އަދި ހިމަނާފައެއް ނުވެއެވެ.
ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެދާނެ ކަމެވެ.ހަތިޔާރުގެ ސްޓޮކް ހުސްވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ޕެންޓަގަނާއި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ހަނގުރާމައިގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ފުރިހަމަ ގާބިލުކަން އެމެރިކާގެ އަސްކަރިއްޔާގައި އެބައޮތް ކަމަށް އެފަރާތްތަކުން ބުނެއެވެ.
އެހެންނަމަވެސް، ސީބީއޯގެ އިންޒާރުން ފާހަގަކޮށްދެނީ މާ ބޮޑު ގޮންޖެހުމެކެވެ؛ އެއީ މިހާރު ކުރަމުންދާ ހަނގުރާމަ ދަމަހައްޓަން އެމެރިކާއަށް ކުޅަދާނަވި ނަމަވެސް، ޚަރަދުވެގެންދާ ހަތިޔާރު އަލުން ހޯދުމަށް ގިނަ އަހަރުތަކެއް ހޭދަވާނެތީ، އިތުރު ބޮޑު ހަނގުރާމައަކާ ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެދާނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު