ފޮޓޯ: ސިޓީ ކައުންސިލް
ފޮޓޯ: ސިޓީ ކައުންސިލް
ގަވާއިދާ ޚިލާފަށް ވިލިމާލޭގެ ފަޅު ބޭނުން ކުރަމުންދިޔަ 11 އުޅަނދެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ޖޫރިމަނާ ކުރެވުނު އުޅަނދުތަކަކީ ގަވާއިދުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރަމުންދާ ފަރާތްތަކަށް ދަތިވާގޮތަށް އަދި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ފަޅުތެރޭގައި ބާއްވާފައިވާ އުޅަނދުތަކެއް ކަމަށެވެ.

އަދި ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ހުރި މި އުޅަނދުތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވަނީ، ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށްވެސް ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ވިލިމާލޭގެ ފަޅަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ސަރަހައްދަކަށް ވާއިރު، ފަޅުތެރޭގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ހުއްދަ ނެތި ފަޅު ބޭނުންކުރާ އުޅަނދުތައް މަދުކުރުމަށް ކައުންސިލުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ފަޅު ބޭނުންކުރުމުގައި ކަނޑައެޅިފައިވާ އެންމެހައި ޤަވާއިދުތަކާއި އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އިޙްތިރާމް ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަވާއިދާ ޚިލާފަށް ފަޅު ބޭނުންކުރަމުންދާ އުޅަނދުތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ވެސް ކައުންސިލުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް