ހުޅުމާލޭ ސަހަރާގެ ބިމު އަޑީގެ ފެންފަށަލަ އުފުލި، ކަށްވަޅުތަކުން ފެން ނުހިނދޭ މައްސަލަ ބޮޑުވުމާ ގުޅިގެން އެ ސަހަރާގައި މީހުން ވަޅުލުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި، މި ދުވަސްވަރު މޫސުން ގޯސްވެ ވާރޭވެހުމުގެ ސަބަބުން ހުޅުމާލެ ސަހަރާގެ ބިމުން ފެންގަނޑު ހިނދޭ ގޮތް ވަނީ ނުވެފައެވެ. އަދި ވަޅު ކޮންނަ ވަގުތު ކަށްވަޅުތަކުގެ ތެރޭގައި ގާތްގަނޑަކަށް 8 އިންޗި އާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. އިސްލާމީ ޝަރީޢަތުގައި މައްޔިތުންގެ ކަރާމާތް ރައްކާތެރިކުރުމަށް ދެއްވާފައިވާ އަހައްމިއްޔަތުކަމަށް ރިއާޔަތްކޮށް، މިފަދަ ހާލަތެއްގައި ވަޅުލުން ދަތިވާތީ، ޚިދުމަތް މެދުކަނޑާލަން ނިންމީ ކަމަށް ކައުންސިލުން ބުނެއެވެ.
މި ނިންމުމާ ގުޅިގެން، ހުޅުމާލޭގައި ނިޔާވާ މީހުން ވަޅުލުމުގެ އިންތިޒާމުތައް މިހާރު ވަނީ މާލޭގެ އާސަހަރާއަށް ބަދަލުކޮށްފައެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ޖަނާޒާގެ ކަންކަން ކުރިއަށްދާނީ މާލޭ އާސަހަރާ މިސްކިތުގައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހިއްޖެނަމަ ހުޅުމާލެ ސަހަރާގައި ފެންބޮޑުވުމަކީ އަބަދުވެސް ދިމާވާ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ދާއިމީ
ހައްލެއް ހޯދުމުގެ ގޮތުން ފެން ހިންދާ ނިޒާމު ހަރުދަނާކުރުމަށާއި، ބިމުގެ ފެންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުތަކުގައި ވެސް މާލެ ސިޓީ ކައުންސިލުން ތަފާތު މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް، ހުޅުމާލޭ ސަހަރާއިން އަލުން ޚިދުމަތް ދޭން ފެށުމަށެވެ.

ކިޔުންތެރިންގެ ހިޔާލު