ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޮންގްރެސް ތެރެއިން
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޮންގްރެސް ތެރެއިން
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސް، އެ ޕާޓީގެ އާ އަސާސީ ގަވާއިދު މަތީ މަޖިލީހުގެ މަންދޫބުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މި ގަވާއިދު ފާސްކޮށްފައިވަނީ ޕީއެންސީގެ މަތީ މަޖިލީހުގެ ދެވަނަ ދަންފަޅީގައި ބައިވެރިވެވަޑައިގެންނެވި 1،064 މަންދޫބުންގެ ފުރިހަމަ ވޯޓާއެކުގައެވެ.

މި ބައްދަލުވުމުގައި އަސާސީ ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ތަފުސީލު ހާމަކުރައްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ވިދާޅުވީ، މި އިސްލާހުތަކަކީ ޕާޓީގެ މެންބަރުންގެ އަދަދު ނުހަނު ބޮޑަށް އިތުރުވެގެން ދިއުމާ ގުޅިގެން ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ގެނައި ބަދަލުތަކެއް ކަމަށެވެ.

އަދި ޕާޓީގެ އިސްސަފުގައި އާންމު މެންބަރުން ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި އާ ހަރަކާތްތަކެއް ވަނީ ތައާރަފުކޮށްފައެވެ.

އާ އަސާސީ ގަވާއިދުގެ ދަށުން ތައާރަފުކުރެވުނު އާ ހަރަކާތްތަކުގެ ތެރޭގައި ދީނީ އިލްމުވެރިންގެ މަޖިލީހާއި، އަންހެނުންގެ ހަރަކާތާއި، ޒުވާނުންގެ ހަރަކާތުގެ އިތުރުން އިސްރަށްވެހިންގެ ހަރަކާތް ހިމެނެއެވެ.

މީގެއިތުރުން ސިޔާސީ އަދި ފަންނީ ދާއިރާތަކުން ޕާޓީގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އިގުތިސާދީ، ގައުމީ ސަލާމަތް، ސިއްހަތު، އިޖުތިމާއީ އަދި ސައިންސާއި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތައް ހިމެނޭހެން ޖުމްލަ 15 ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ.

މި އިސްލާހުތަކާއެކު ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންގެ އިތުރުން، ސްޓިއަރިން ކޮމިޓީތަކުގެ ދައުރާއި މަސްއޫލިއްޔަތުތައް އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު