ޓެރަރިޒަމްގެ މައްސަލަތަކުގައި އިންޓެލިޖެންސް ރިޕޯޓްތައް ތައްޔާރުކުރާ ފުލުސް އޮފިސަރުންގެ ވަނަވަރު ސިއްރުކޮށް، ސިއްރުން ހެކިބަސް ނެގުމަށް އެދޭއިރު، ވަކިވަކި އޮފިސަރުންނަށް ހުރި ނުރައްކާތައް ވަކިވަކިން ބަޔާންކޮށްދޭން ނުޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ވެރިރަށް މާލެއާއި މާލެ ކައިރީގައި އޮންނަ ރަށަކަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުލަތުން ދައުވާ އުފުލި ތިން މީހަކާ ދެކޮޅަށް ހުށަހެޅި އިންޓެލިޖެންސް ރިޕޯޓްތައް ތައްޔާރުކުރި އޮފިސަރުންގެ ހެކިބަސް ސިއްރުކުރުމާ ގުޅޭގޮތުން އުފެދުނު މައްސަލައެކެވެ. މި މައްސަލާގައި ހެކި ހިމާޔަތްކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުން، ކްރިމިނަލް ކޯޓުން ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ. އަދި ހައި ކޯޓުން ވެސް ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް ތާއީދުކުރުމުން، ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ބަޔާންކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހެކިބަސް ސިއްރުކުރުމުގައި މައްސަލައިގެ ބާވަތުން އާންމު މަސްލަހަތަށް އޮތް ނުރައްކަލަށް ރިއާޔަތްކުރަންވާނެ ކަމަށް އޮންނާތީ، އެ ނުރައްކަލަކީ ކޮންމެހެން ވަކިވަކި މީހަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ހުކުމުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ހެކިބަސް ދޭން ތިބި ފަރާތްތަކަކީ އިންޓެލިޖެންސް އޮފިސަރުންނަށް ވެފައި، އެ ފަރާތްތަކުގެ ވަޒީފާގެ ތޮބީއަތަށް ބަލާއިރު ހިމާޔަތް ދޭންޖެހޭ ހާލަތެއް އުފަންވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މައްސަލައިގެ ހާލަތްތަކަށް ރިއާޔަތްކޮށް، އެ މައްސަލާގައި ހެކިބަސް ދޭން ތިބި އިންޓެލިޖެންސް އޮފިސަރުންނަށް ޖަމާއީ ގޮތެއްގައި ހާއްސަ ނުރައްކަލެއް އޮތް ކަމަށް އަންގައިދޭ ސަބަބެއް ދައުލަތަށް ދެއްކިއްޖެ ނަމަ، ކޮންމެ އޮފިސަރަކަށް ވަކިވަކިން ހުރި ސަބަބުތައް ބުނެދިނުން ލާޒިމު ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
"އެއް ހާލަތެއްގައި ތިބި އެއްބަޔަކަށް ނުރައްކާ އޮތް މިންވަރު ޖަމައީކޮށް ބުނެދެވުމުން ފުދޭނެކަމަށް ދެކެމެވެ." ޙުކުމުގައިވެއެވެ.
މީގެއިތުރުން، މިފަދަ ނިންމުންތައް ނިންމުމުގައި ދައުވާ ލިބޭ މީހުންގެ އަސާސީ ހައްގުތަކާއި، ދައުލަތުން ފާހަގަކުރާ އާންމު މަސްލަހަތު އެކަކަށް އަނެކަކަށް އަޅައިކިޔައި (ބެލެންސްކޮށް)، ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި ދަށު ކޯޓުތަކުން އެ އުސޫލަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
2025 ވަނަ އަހަރު ސިފައިންނާއި ފުލުހުން ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޤައުމީ ސަލާމަތާބެހޭ ބޮޑު އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާތަކެއް ކޮށްފައިމާ މިމައްސަލައިގައި ސުޕްރީމް ކޯޓުން ސެޕްޓެމްބަރު 7 ވަނަ ދުވަހު ވަނީ ހައިކޯޓުން މި މައްސަލައިގައި ނިންމި ނިންމުން ބާތިލުކޮށް، އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު