ގއ. މާމެންދޫ ގެސްޓު ހައުސަކާއި އެ ރަށު ސިއްޙީ މަރުކަޒުގެ ބޭސްފިހާރައިން ފަސްދޮޅަސް ހާހަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤުގެ ތެރެއިން، ތުހުމަތުކުރެވޭ ދެ މީހުން ދެނެގަނެ، އެ މީހުން ވަގަށް ނަގާފައިވާ ތަކެތި ވަނީ ހޯދައިފައެވެ.
ގެސްޓު ހައުސުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި މެކްބުކް ސަރފޭސް ޕްރޯއަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓަކާއި، ގޯޕްރޯއެއްގެ އިތުރުން ކެނޮން ކެމެރާއެއް ހިމެނެއެވެ. އަދި ސިއްޙީ މަރުކަޒުގެ ބޭސްފިހާރައިން ފައިސާ އާއި އެނޫންވެސް ބައެއް ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގއ. މާމެންދޫ، އަންދަލީބުގެ، އަޙްމަދު ސަޢުދު (42އ) އާއި، އެ ރަށު ސަންލައިޓްވިލާ، ޙަމްދޫން ޙަސަން (33އ) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަމްދޫން ޙަސަންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ. އަދި އަޙްމަދު ސަޢުދު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު