ދިވެހިރާއްޖެ މިހާރު ކުރިމަތިލަމުން މިދަނީ ހަމައެކަނި އިޤްތިޞާދީ ކާރިސާއަކާ ނޫން ކަމަށާއި، މި ދަތިތަކުގެ ސަބަބުން ފާޅުވަމުން މިދަނީ މާ ފުން ސިޔާސީ ކާރިސާއެއް ކަމަށް ވިދާޅުވެ ޒަރިޔަންދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައިވަނީ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ޒަރިޔަންދު ވިދާޅުވީ، ޤައުމުގައި މިހާރު އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ސަރުކާރުގެ ޖަވާބުދާރީވުން ކުޑަވުމާއި، ހަމަޖެހުމެއް ނެތް ސިޔާސަތުތަކާއި، ހާމަކަން ކުޑަ ގޮތެއްގައި ނިންމުންތައް ނިންމުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ދިއުމަކީވެސް މި ކާރިސާގެ ބޮޑު ބައެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ޒަރިޔަންދު ވިދާޅުވީ، މިކަންކަމަކީ ހަމައެކަނި އިޤްތިޞާދީ ގޮތުން އަޅާ ފިޔަވަޅުތަކަކުން ހައްލުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމަށްޓަކައި އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމާއި ޒިންމާދާރު ވެރިކަމެއް ޤާއިމުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިޤްތިޞާދީ ދަތިތަކުގެ ސަބަބުން މާ ފުން ސިޔާސީ ކާރިސާއެއް ކުރިމަތިވަމުންދާ ކަމަށް ޒަރިޔަންދު ވިދާޅުވެފައިވާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅު ނުވެ، ދުވަހެއް ދުވަހަކަށް ދަށަށްދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު