ބިލެތްދޫ ރައްޔިތުން- | ފޮޓޯ: ރައީސް އޮފީސް
ބިލެތްދޫ ރައްޔިތުން- | ފޮޓޯ: ރައީސް އޮފީސް
ފ. ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށާއި، އަލަށް އެރަށުގެ ރަށްވެއްސަކަށްވާ މީހުންނަށް ފައިސާގެ އެލަވަންސެއް ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ބިލެތްދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިހިނގާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެރަށުގެ ރަށްވެހިކަމުން ވަކިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަތުން 5،000 (ފަސްހާސް) ރުފިޔާގެ ފީއެއް ނެގުމަށް ކަނޑައަޅައިފައިވާ ކަމަށެވެ.

މީގެއިތުރުން، އެހެން އެއްވެސް ރަށެއްގެ ދަފްތަރުން ނުވަތަ ރަށްވެހިކަމުން ވަކިވެ، ބިލެތްދޫގެ ރަށްވެއްސަކަށް ވުމަށް އެދި އެރަށުގެ ދަފްތަރުގައި ހިމެނެން ހުށަހަޅާ ކޮންމެ ފަރާތަކަށް 2،500 (ދެހާސް ފަސްސަތޭކަ) ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ކައުންސިލުން ވަނީ ނިންމައިފައެވެ.

ރަށްރަށުގެ އާބާދީ ހިފެހެއްޓުމަށާއި އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކައުންސިލްތަކުން މިފަދަ ފިޔަވަޅުތައް އަޅަމުން އަންނައިރު، ޅ. ހިންނަވަރު ކައުންސިލުން ވެސް މިދިޔަ މަހު ވަނީ އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ ފަރާތްތަކުގެ އަތުން 2،000 ރުފިޔާގެ ފީއެއް ނެގުމަށް ފާސްކޮށްފައެވެ.

އާބާދީ މަދުވުމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުން އެދިގެން އާބާދީ ބޮޑެތި ރަށްރަށަށް އެ ރައްޔިތުން ބަދަލު ކުރުމުގެ ގޮތުން ހދ. ހިރިމަރަދޫ އާއި މ. ރަތްމަންދޫ ރައްޔިތުން އެހެނިހެން ރަށްރަށަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް