ސައިރިކްސް ގްރޫޕްގެ ޗެއަރމަން އަހުމަދު ޝަރީފް
ސައިރިކްސް ގްރޫޕްގެ ޗެއަރމަން އަހުމަދު ޝަރީފް
ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ނޫންކަމަށް ވިދާޅުވެ، އެ ލޯނުތަކުގެ ފައިދާ ސައިރިކްސް ގްރޫޕްގެ ޗެއަރމަން، އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެ ދެއްވައިފިއެވެ.

ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމުގައި ވިދާޅުވެ ޗައިނާއިން ރާއްޖެއަށް ލޯނު ދީފައި ބަދަލުގެ ގޮތުގައި ރާއްޖޭގެ ފަޅުރަށްތަކެއް އަތުލާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެތައް ފަހަރަކު ވަނީ ވިދާޅުވެފައެވެ. އަދި ނަޝީދު ދައްކަވަނީ ހަގީގަތާ ޚިލާފު ވާހަކަ ތަކެއް ކަމުގައި ވިދާޅުވެ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ގެންދަވަނީ ރައީސް ނަޝީދަށް މިކަމުގައި ރައްދުވެސް ދެއްވަމުންނެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ދިން ލޯނުތަކުގެ ބޮޑު ބަޔަކީ ޕްރޮޖެކްޓް އެކުލަވާލި ގޮތަށް އަމަލުކޮށްފިނަމަ ސަރުކާރަށް އެއްވެސް ބުރައެއް ނެތި އަނބުރާ ދެއްކޭނެ ލޯނުތަކެއްކަމަށެވެ. ޝަރީފް ވިދާޅުވީ ދައުލަތުން ގެރެންޓީދީފައިވަނީ ބޯހިޔާވަހިކަމަށް ފްލެޓް އެޅުމަށާއި ބްރިޖް ހެދުމަށްކަމަށެވެ. އަދި އެއީ ދަރަނި ދަންތުރައެއް ނޫންކަމަށް ޝަރީފު ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ލޯނުދިން ހުރިހާ ޕްރޮޖެކްޓްތަކަކީ ވިޔަފާރިއަށް ނެގި ލޯނުތަކެއްކަމަށާއި އެއީ ހައުސިންގއަށް ކުރި އިންވެސްޓްމަންޓްތަކެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ހައުސިންގ މަޝްރޫޢަކީ ފްލެޓް ވިއްކައިގެން ސަރުކާރަށް ފައިދާވާ ގޮތަށް އޮތް ޕްރޮޖެކްޓެއްކަމަށާއި ބްރިޖަކީ ޓޯލް ފީ ނަގައިގެން އޮޕަރޭޓްކޮށް އާމްދަނީ ހޯދައިގެން ދެވަނަ ބްރިޖެއް އެޅޭނެ ގޮތަށް ރޭވުނު ޕްރޮޖެކްޓެއްކަމަށެވެ.



ޝަރީފް ވިދާޅުވި ގޮތުގައި ޗައިނާއިން ދިން ލޯނުތަކުން ރާއްޖެއަށް ވާނެ އެއްވެސް ގެއްލުމެއް ނެތްކަމަށާއި އެއީ އަނބުރާ ފައިސާ ލިބޭނެ ޕްރޮޖެކްޓްތައް ހިންގުމަށް ދިން ލޯނުތަކެއްކަމަށެވެ.

އެކުވެރިކަން ދައްކާނީ ފާލަމަކުންކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވި ބަސް ފުޅަށް އިޝާރާތްކުރައްވާ، ޝަރީފް ވިދާޅުވީ ދިވެހިން ބޭނުންވަނީ އެކުވެރިކަން ކަމަށެވެ. އަދި އެހެން ޤައުމުތަކަށް ރާއްޖެ މުހިއްމުވީ އެ ބްރިޖް އެޅި ފަހުންކަމަށް ޝަރީފް ވިދާޅުވިއެވެ.



ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ލުއި ލޯނުތަކާއި އެހީތަކެއް ދީގެން ބިޔަ މަޝްރޫޢުތައް ހިންގާފައި ވަނީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައެވެ. ޗައިނާއިން ދީފައިވާ ބޮޑެތި ލޯނުތަކާއި އެހީތަކުގެ ތެރޭގައި މާލެއާއި ހުޅުމާލެ ގުޅާލެވިފައިވާ ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި މާލެ ސަރަހައްދުގައި ގިނަ ހައުސިންގ ޔުނިޓަތަކެއް އެޅުމުގެ ބިޔަ މަޝްރޫޢުތައް ހުމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޙަސަން ޒަރީރި

01-Nov-2020

ހެވޭދަންތުރައެއްނޫނަސް. ކޮންމެއެއްޗަކަސް ޝަރީފަށް ކޮންކަމެއްތޯ? ސަރުކާރުން ލޯންނަގަނީ ރައްޔިތުން އިސްކޮށް އިތުބާރުދީފަހުރި ވެރިޔަކު. ޝަރީފަށް އެކަހަލަ ހައިސިއްތެއްނެތް. މަތީމަގާމަކަށް ދަހިވެތިވިޔަސް ތިފާޑަށް އުޅެގެން އެކަމެއް ނުވާނެ. ޥަހީދުވެރިކަމަށް ކުރިމަތިލީމާ ރައްޔިތުން ދިންޖަވާބު ޝަރީފަށް އެގޭބާ. ޢޭނަގެފަހަތުން ތިޔައުޅުއްވަނީ.



ޓްރެންޑިން