މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިމަބިހި (މީޒަލްސް) ގެ އިތުރު 12 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރިޕޯޓްކުރެވުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 264 އަށް އަރާފައެވެ.
އެޗްޕީއޭއިން ނެރެފައިވާ އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން، މި ބަލިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 16،320 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ރައްޔިތުން ސަމާލުވާންވީ މުހިންމު ކަންތައްތަކެއް ހަނދާންކޮށްދީފައެވެ. އެގޮތުން، ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަޤީން ނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ކަނޑައެޅިފައިވާ ވެކްސިން ސެންޓަރަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ދިމާވެފައިވާ (ކޮންޓެކްޓް ވެފައިވާ) ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން، ކޮންޓެކްޓުންނަށް ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ލަސްނުކޮށް ވެކްސިން ޖެހުމަށްވެސް ވަނީ އަންގާފައެވެ.
މީގެއިތުރުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެ (އައިސޮލޭޓްވެ) ތިބުމަށާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށް ވަނީ އެދިފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.
ހަމައެއާއެކު، ސިއްޙަތާ ގުޅުންހުރި ކަންކަމުގައި މަޢުލޫމާތު ހޯދުމުގައި ރަސްމީ ފަރާތްތަކުން ދޫކުރާ މަޢުލޫމާތަށް އެކަނި ބަރޯސާވުމަށް އެޗްޕީއޭއިން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު