ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ މެވްލިޓް ޗޮވްސޯލޯ އަށް ހަމްދަރީގެ މެސެޖެއް ފޮނުއްވާފައި މިވަނީ އޭގަން ކަނޑަށް މިއަދު އައި ބިން ހެލުމެއްގައި ތުރުކީވިލާތުން ބަޔަކު މަރުވެ، އެތައް ގެއްލުންތަކެއް ލިބުމާ ގުޅިގެނެވެ.

މިކަމާ ގުޅިގެން އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ވަނީ ބިން ހެލުމުގައި ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ހަމްދަރުދަރީ ފާޅުކުރައްވާފައެވެ.



ޚަބަރުތައް ބުނާގޮތުން މިއަދު ރާއްޖެ ގަޑިން ހަވީރު 4:50 ހާއިރު، ރެކްޓަރ މިންގަނޑުން 7.0ގެ ބާރުމިނުގައި އައި މި ބިން ހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި، ބައެއް މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އެގޮތުން މިހާތަނަށް 6 މީހަކު މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި މި ބިން ހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ތުރުކީގެ އައްސޭރިފަށުގައި އޮންނަ އިޒްމީރް ސިޓީއަށްކަމަށާއި، ކަނޑަށް އައި ބިން ހެލުމުގެ ސަބަބުން އެސިޓީއަށް ސުނާމީއެއް އަރާފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން