ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި ޔޫރޯ މާކެޓިންގ ގެ ސްޓޯލް
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި ޔޫރޯ މާކެޓިންގ ގެ ސްޓޯލް
ރާއްޖޭގެ ފުޑް އެންޑް ހޮސްޕިޓާލިޓީ ދާއިރާގައި ބާއްވާ އެންމެ ޝަރަފުވެރި އެއް މައުރަޒު ކަމަށްވާ "ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް" (އެފްއެޗްއޭއެމް) 2026 ގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ދައްކާލުމުގެ އިތުރުން، މި މައުރަޒުގެ ތެރެއިން ކުރިއަށްދާ ފޯރިގަދަ މުބާރާތްތަކުގައި ބަރިސްތާއިންނާއި މިކްސޮލޮޖިސްޓުންގެ ހުނަރުތައް ދައްކާލުމަށް ޔޫރޯ މާކެޓިންގ އިން ބައިވެރިވެއްޖެއެވެ.

ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި މި މަހުގެ 7 އިން 9 އަށް ކުރިއަށްދާ މި މައުރަޒުގައި ޔޫރޯ މާކެޓިންގގެ އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވަނީ ސްޓޯލް D10 އަދި D11 ގައެވެ. މި މައުރަޒަކީ ކާބޯތަކެއްޗާއި މެހެމާންދާރީގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި ފަންނުވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އައު އުފެއްދުންތައް ތަޖުރިބާކޮށް ގުޅުން ބަދަހިކުރުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ.



ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި ޔޫރޯ މާކެޓިންގ ގެ ސްޓޯލް


މިއަހަރުގެ އެފްއެޗްއޭއެމްގައި ޔޫރޯ މާކެޓިންގ ބައިވެރިވާ އެންމެ ޚާއްޞަ އެއް ހަރަކާތަކީ 9 ސެޕްޓެމްބަރުގެ ހެނދުނު 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ލަވާޒާ ބަރިސްތާ ޗެލެންޖް މޯލްޑިވްސް 2026" ގެ ޤައުމީ ފައިނަލެވެ. ކޮލިފައިން ބުރަށްފަހު ފައިނަލުން ޖާގަ ހޯދި 10 ބަރިސްތާއިންގެ މެދުގައި ބާއްވާ މި ވާދަވެރި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް، 2027 ވަނަ އަހަރުގެ އޭޕްރީލް މަހު އިޓަލީގެ ޓިއުރިންގައި ބާއްވާ ބައިނަލްއަޤްވާމީ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، އެފްއެޗްއޭއެމް މައުރަޒުގައި ފްރާންސްގެ މަޝްހޫރު ސިރަޕް ބްރޭންޑް "1883" އާ ގުޅިގެން ކުރިއަށްގެންދާ މޮކްޓެއިލް މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 30 ފަރާތަކުން ވާދަކުރާނެއެވެ. މި މުބާރާތް ކުރިއަށްދާނީ 8 ސެޕްޓެމްބަރުގެ ހެނދުނު 10:00 ގައެވެ. މި މުބާރާތުގައި ބައިވެރިން ދައްކާލާނީ ބަނގުރާ އެކުލެވިގެންނުވާ ތަފާތު މީރު ބުއިންތައް އުފެއްދުމުގެ ހުނަރުވެރިކަމާއި އައު އީޖާދުތަކެވެ.

ހަމައެއާއެކު، 1894 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ އިޓަލީގެ ތާރީޚީ މިނަރަލް ވޯޓާ "އަކުއާ ފިލެޓޭ" އަދި އިޓަލީގެ މުއްސަނދި ކޮފީ ސަގާފަތް ދައްކުވައިދޭ "ލަވާޒާ ޓޭލްސް އޮފް އިޓަލީ" ރޭންޖުގެ އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ޔޫރޯ މާކެޓިންގ ގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.



ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި ޔޫރޯ މާކެޓިންގ ގެ ސްޓޯލް


ޔޫރޯ މާކެޓިންގގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ބްރޭންޑްތައް ދިވެހިރާއްޖެއަށް ތަޢާރަފުކުރުމުގެ އިތުރުން، ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޒުވާން ފަންނުވެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް އެއްބާރުލުން ދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު