އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ޝަހީދުވެ، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި އޮތް 100 އެއްހާ މީހުންގެ ހަށިގަނޑުގެ ބައިތައް ނަގައި، އުތުރު ޣައްޒާގެ ރައްޔިތުން އެމީހުންގެ ޖަނާޒާގެ ކަންކަން ފުރިހަމަކޮށް ވަޅުލައިފިއެވެ. މީގެ ތެރޭގައި 60 ކުޑަކުދިން ހިމެނެއެވެ.
މި ހަށިގަނޑުތަކުގެ ބައިތައް ފެނިފައިވަނީ ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގައި އިސްރާއީލުން ބޮންއަޅައި ސުންނާފަތިކޮށްލާފައިވާ ޢިމާރާތްތަކުގެ ކުނިބުނީގެ ދަށުންނެވެ. އަލްޖަޒީރާގެ ކަރެސްޕޮންޑެންޓް ޣާޒީ އަލް-ޢަލޫލް މަޢުލޫމާތު ދިން ގޮތުގައި، އާދީއްތަ ދުވަހު އާއިލާތަކުން ވަނީ އެމީހުންގެ ލޯބިވާ މީހުންގެ ބާކީ ހުރި ހަށިގަނޑުގެ ބައިތައް ޒައިތޫންއިން ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އަލްމަޢުމަދާނީ ޤަބުރުސްތާނަށް ގެންގޮސް ވަޅުލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ފެށި ނަސްލުހޭދު ކުރުމުގެ ހަނގުރާމައިގައި ބޮންއަޅައި ސުންނާފަތިކޮށްލި ގެތަކުގެ ދަށުން މި ހަށިތައް ހޯދުމަށް ސިވިލް ޑިފެންސް ޓީމުތަކާއި އާއިލާތަކުން އެތައް ހަފްތާއެއް ވަންދެން މަސައްކަތް ކޮށްފައިވެއެވެ. މި ހާދިސާގައި އެންމެ ގިނައިން ޝަހީދުވެފައިވަނީ މަޝްހޫރު މަލަކާ އާއިލާގެ މީހުންނެވެ. އެ އާއިލާއިން އެކަނިވެސް 55 މީހުން ވަނީ ޝަހީދުވެފައެވެ.
އަލް-ޢަލޫލް ބަޔާންކުރި ގޮތުގައި، ޢާއިލާތަކުން އެމީހުންގެ ލޯބިވާ މީހުން އެކަށީގެންވާ، ދެނެގަނެވޭ ފަދަ ރަނގަޅު ޤަބުރުސްތާނެއްގައި ވަޅުލުމުގެ ފުރުޞަތަކަށް އެތައް ދުވަހަކު އިންތިޒާރުކުރިއެވެ. އަދި ހަނގުރާމައިގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާގެ އެކި ސަރަޙައްދުތަކުގެ ޤަބުރުސްތާންތައްވެސް ކޮނެ، ހަލާކުކޮށްލާފައިވާތީ، ޢާއިލާގެ މީހުންގެ ހަށިގަނޑު ވަޅުލުމުގެ ނަސީބު ކޮންމެ އާއިލާއަކަށް ލިބިފައިނުވާކަން އޭނާ ފާހަގަކުރިއެވެ. ވަޅުލުމަށް ގެންދިޔަ ހަށިގަނޑުތައް ކަފުންކޮށްފައި އޮތް ނަމަވެސް، އެއީ ފުރިހަމަ ހަށިގަނޑުތަކެއް ނޫން ކަމަށާއި، ގިނައީ ކަށިތަކާއި ހަށިގަނޑުތަކާ އެކު ފެނުނު އެމީހުންގެ އަންނައުނާއި އެހެނިހެން ތަކެތީގެ ބައިތައް ކަމަށް އޭނާ ބުންޏެވެ. އަދި ފުރިހަމަ ހަށިގަނޑެއް ނުފެނުނީ އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން މި މަސައްކަތް އަވަހަށް ނިންމުމަށް ހުރަސްއަޅައި، ކަންކަން ދިގުދައްމަމުން ގެންދާތީ ކަމަށްވެސް އޭނާ ބުންޏެވެ.
ޣައްޒާގެ ސިވިލް ޑިފެންސް ސަރވިސްގެ ވެރިޔާ ރާއިދު އައްދަހްޝާން އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ގެއްލިފައިވާ އިތުރު އެތައް ހާސް ބައެއްގެ ހަށިގަނޑުތައް ހޯދުމުގެ ޕްލޭންތައް އެކުލަވާލާފައިވީ ނަމަވެސް، އެ މަސައްކަތަށް ބޭނުންވާ ބަރު މެޝިނަރީއާއި ސާމާނު ނެތުމުގެ ސަބަބުން މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ސަލާމަތީ މަސައްކަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތައްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ދަހްޝާން ވިދާޅުވި ގޮތުގައި، ކުނިބުނީގެ ދަށުގައި އަދިވެސް 8،000 އެއްހާ މީހުންގެ ހަށިގަނޑު ވާނެ ކަމަށް ލަފާކުރެވޭއިރު، އެކަށީގެންވާ ސާމާނު ލިބިއްޖެނަމަ ގާތްގަނޑަކަށް 90 ދުވަހުގެ ތެރޭގައި އެ ހަށިތައް ނެގިދާނެއެވެ. ނަމަވެސް އެ ސާމާނު ޣައްޒާއަށް އެތެރެކުރުމަށް ހުރަސްއަޅައިފިނަމަ، މި މަސައްކަތް އެތައް އަހަރަކަށް ދެމިގެންދާނެއެވެ. އޭނާ އިތުރަށް ވިދާޅުވީ، ބޭނުންވާ ސާމާނުގެ ތަފްސީލީ ލިސްޓެއް ބައިނަލްއަޤްވާމީ މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށާއި، އެ މެޝިނަރީތައް ސީދާ ސިވިލް ޑިފެންސްގެ ބެލުމުގެ ދަށުގައި ނުބެހެއްޓި ނަމަވެސް ބައިނަލްއަޤްވާމީ އިދާރާތަކުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މަސައްކަތް ކުރަންވެސް ތައްޔާރަށް ތިބި ކަމަށެވެ. އެގޮތުން ބޮޑެތި އެކްސްކަވޭޓަރުތަކާއި، ރައްކާތެރިކަމުގެ އާލާތްތަކާއި، ހަށިގަނޑުތައް ހޯދާ ސާމާނު މިހާރުން މިހާރަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ހަށިގަނޑުތައް ދެނެގަތުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ޙަމަލާދިން ވަގުތު ޢިމާރާތުގައި ތިބީ ކޮން ބައެއްތޯއާއި އެމީހުން ތިބި ތަންތަން ދެނެގަތުމަށް ބިނާކުރަނީ ސަލާމަތްވި މީހުންނާއި އަވަށްޓެރިން ދޭ މަޢުލޫމާތުގެ މައްޗަށް ކަމަށެވެ. އަދި މި މަސައްކަތުގައި ހޯދޭ ހޯދުންތައް ލިޔެކިޔުމަށް އިންޖިނިއަރުންގެ ޓީމަކުން އެހީތެރިވެދެއެވެ. އިސްރާއީލު ސިފައިން އެއްވެސް އިންޒާރަކާ ނުލައި ޙަމަލާދިނުމުގެ ސަބަބުން އަދިވެސް އެތައް ދިހަ، އަދި އެތައް ސަތޭކަ ގެއެއް ކޮނެގެން ބަލަންޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހުންނަ އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުގެ ވެރިޔާ އަޖިތު ސުންގާއީ އަލްޖަޒީރާއަށް ވިދާޅުވީ، މި މަންޒަރުތަކަކީ މި ހަނގުރާމައިގެ ރަޙުމުކުޑަކަން ހަނދާންކޮށްދޭ މަންޒަރުތަކެއް ކަމަށާއި، މިހާރު ފެންނަމުންދާ ބައެއް ހަށިގަނޑުތަކަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ކަމަށެވެ. އޭނާ ވިދާޅުވީ ޣައްޒާގެ 70 އިންސައްތަ ސަރަޙައްދު އޮތީ އިސްރާއީލު ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށްވުމުން، ކުނިބުނީގެ ދަށުގައި ތިބި އެތައް ހާސް ބަޔަކު ނެގުމަށް އެ ސަރަޙައްދުތަކަށް ދިއުމަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ. އަދި މި ޖަރީމާތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށާއި، މި ނާޒުކު ދަނޑިވަޅުގައި ލިބެން ހުރި ހެކިތައް ރައްކާތެރިކުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް މަދުވެގެން 73,651 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 174,592 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ފާއިތުވި ހަފްތާތަކުގައި ކުރިއަށްގެންދިޔަ މިފަދަ އޮޕަރޭޝަންތަކުގައި، އެއް ޙަމަލާއެއްގައި ޝަހީދުވި އަބޫ ޝަރީޢާ އަދި ޙައްސާނިއްޔާ ޢާއިލާގެ 100 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ހޯދާފައެވެ. މީގެ އިތުރުން އަލް-ތާޖް ޓަވަރު ވެއްޓުނު ސަރަޙައްދުންވެސް 500 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ނަގާފައިވާ ކަމަށް އޮފިޝަލުންނާއި އެކްޓިވިސްޓުން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު