ޝަރުޢީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އިބްރާހިމް މާހިރު, ޝަރަފުވެރިކަމާއެކު މަޤާމުން ރިޓަޔަރ ކުރައްވައިފިއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމަށް އެދިވަޑައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަޤާމަށް އައްޔަން ކުރެއްވިިއިރު އޭނާ ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ.
އަލްއުސްތާޛް އިބްރާހިމް މާހިރުގެ ޝަރުޢީ ޙަޔާތުގައި އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ފެމިލީ ކޯޓުގައެވެ.
އެގޮތުން އެ ކޯޓުގައި 15 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ. ފަނޑިޔާރު އިބްރާހީމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އޭނާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ސާބަސް ދީ، ހައިކޯޓުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު