ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ސަރުކާރު ރޫޅެމުންދާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ފަލާޙް މިއަދު އެކްސްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އޮތީ ސާބިތުކަމާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ އެކު ވަރަށް ގަދަކޮށް ކަމަށެވެ.
އަދި ރައީސް ޔާމީނަށް އަމާޒު ކުރަށްވައި، "މުސްތަފާ ލާރިކޮޅެއް ބޭނުންވާއިރަށް މިކަހަލަ ބޯނުބައި ޚަބަރެއް ހިފައިގެން އެދަނީ. ތިގޮތަށް ވާހަކައިން 20 ވަނަ މަޖިލީސް ރޫޅަނިކޮށް ދައުރު މިއޮއް ނިމެނީ. ޔާމީނު މިހާރު އެމެރިކާއިން އެގެންނަ ބޭސް ނުގެންނަންދެއްތޯ،" އޭ އައްސަވާފައިވެއެވެ.
ފަލާޙް މިހެން ވިދާޅުވެފައި މިވަނީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒުއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ މެންބަރުންތަކެއް ޕީއެންސީގެ ތެރޭގައި އެބަތިބި ކަމަށާއި، ޕީއެންސީގެ ހުރިހާ މެންބަރުން ތިބީ ސަރުކާރާ އެކު ނޫން ކަމަށެވެ.
މީގެއިތުރުން، މަޖިލިސް ތެރޭގައި މިހާރު ހިނގަމުންދަނީ ވަރަށް ހިމޭން އިންގިލާބެއް ކަމަށާއި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހާލަތު ބަދަލުވެގެންދާ މަންޒަރު ފެންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ގިނަ މެންބަރުންތަކެއް ހިތްހަމަނުޖެހިފައި ތިބީ ޑޮލަރުގެ މައްސަލައާ ގުޅިގެން ކަމަށެވެ. އޭގެ ތެރޭގައި ކަޅު ބާޒާރުގައި ވިޔަފާރިކުރާ ބޭފުޅުންނާއި، ސަފާރީ ދުއްވައިގެން ޑޮލަރު ހޯދާ މެންބަރުން ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 74 މެންބަރުންނަކީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް، މަޖިލިސް މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް މިހާރު ވަނީ އިސްލާހު ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު