މަހަލީ ޙައްލު ފޯރަމްގެ ތެރެއިން: ފޮޓޯ: މޯލްޑިވްސް އެސޯސިއޭޝަން އޮފް ލޯކަލް ކައުންސިލްސް
މަހަލީ ޙައްލު ފޯރަމްގެ ތެރެއިން: ފޮޓޯ: މޯލްޑިވްސް އެސޯސިއޭޝަން އޮފް ލޯކަލް ކައުންސިލްސް
ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިމާއި، ފަޅާއި، ކަނޑުގެ ސަރަހައްދުތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ބާރުތައް އަލުން މަރުކަޒީ ސަރުކާރުގެ މުށުތެރެއަށް ލުމަށް ގެނައި ބަދަލެއް ކަމަށާއި، މި ބަދަލުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކެއް ނިގުޅައިގަނެވިފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ލޯކަލް ކައުންސިލްސް (ކައުންސިލް އެސޯސިއޭޝަން) އިން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން މީސްމީޑިއާގައި ހާމަކުރި ބަޔާނެއްގައި ބުނެފައިވަނީ، ކައުންސިލްތަކުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަކީ މަރުކަޒީ ސަރުކާރަށް ރަށްރަށް ބަރޯސާކުރުވުމުގެ މަގުސަދުގައި ހިންގި ހުދުމުހުތާރު އަމަލެއް ކަމަށެވެ. މީގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތަކާ މެދު ގޮތް ނިންމުމަށް ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ފޭރިގަނެވިފައިވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަ ކޮށްފައިވެއެވެ.

"ރަށްރަށުގެ އިގުތިސޯދީ ދިރުން ކަމުގައިވާ ބިމާއި ފަޅުތައް އަތުލުމުން، ކައުންސިލްތަކުގެ އާމްދަނީ ހުއްޓި މަރުކަޒީ ސަރުކާރަށް ބަރޯސާވެ ސަލާން ޖަހާ ހާލަތަށް ދާނެ،" ކައުންސިލް އެސޯސިއޭޝަނުން ބުނެފައިވެއެވެ.



މި އިސްލާހުގެ ދަށުން، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިމެއް މައި ސަރުކާރާ ހަވާލުކުރަން ލާޒިމުވެގެންދެއެވެ.

މި ބަދަލުތަކާ ގުޅިގެން އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މި އިސްލާހުތަކާއެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ އަސްލު ބާރު އެއްކޮށް ކެނޑި، ނިޒާމު ފުނޑުފުނޑުވެގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް