ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
މި އޮކްޓޯބަރ މަހު އެކަނިވެސް ރާއްޖެއަށް 18601 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރ އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ ޢަދަދަކީ 37468 އެވެ. ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލި ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1752 ފަތުރުވެރިންނެވެ.



ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި އަހަރުގެ މާޗު 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އަލުން ހުޅުވާލިފަހުން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިން ކަމަށާއި އެގައުމުން 7507 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޝިއާގެ އިތުރުން ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިންނެވެ. އެގައުމުން 3479 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އެމެރިކާއިން ރާއްޖެއަށް 3056 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް 420،315 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން