މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މި އަހަރުގެ ނިޔަލަށް އިތުރު 7 އައިސް ޕްލާންޓެއްގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރާ މި އައިސް ޕްލާންޓްތަކުގެ ތެރެއިން ބައެއް ޕްލާންޓްތަކުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ބައެއް ޕްލާންޓްތައް ހުރީ މަސައްކަތް ފެށުމުގެ މަރުހަލާގައި ކަމަށެވެ.
މި އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ 7 އައިސް ޕްލާންޓަކީ މ. ވޭވަށް (60 ޓަނު)، ޅ. ނައިފަރު (40 ޓަނު)، ލ. މާބައިދޫ (25 ޓަނު)، ލ. މާވަށް (10 ޓަނު)، ލ. ހިތަދޫ (10 ޓަނު)، އއ. އުކުޅަސް (5 ޓަނު) އަދި ބ. ކުޑަރިކިލު (5 ޓަނު)ގެ އައިސް ޕްލާންޓެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި ސަރުކާރުން މިހާތަނަށް ވަނީ އަލަށް 5 އައިސް ޕްލާންޓެއް ގާއިމުކޮށް، އޮޕަރޭޝަނަށް ގެނެސްފައެވެ. އަދި މިހާރު ހުރި އައިސް ޕްލާންޓްތަކުގެ ކެޕޭސިޓީއަށް 145 ޓަނު އިތުރުކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޕްލޭންކުރެވިފައިވާ ހުރިހާ އައިސް ޕްލާންޓްތަކުގެ މަސައްކަތް ނިންމައި، ޖުމްލަ 630 ޓަނުގެ ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރު 11 އައިސް ޕްލާންޓެއްގެ މަސައްކަތް ނިންމުމަށް ވެސް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ކ. ގާފަރު، އއ. ރަސްދޫ، މ. މުލައް، ދ. ހުޅުދެލި، ނ. ކޮމަންޑޫ، ގއ. ދާންދޫ، ގއ. ނިލަންދޫ، ގއ. ވިލިގިލި އަދި ގދ. ރަތަފަންދޫ ގައި ގާއިމުކުރެވޭ 30 ޓަނުގެ އައިސް ޕްލާންޓްތަކެވެ.
މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، މަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު