ޤައުމީ އެއަރލައިނުން އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންއަށް ކުރަމުންދާ ދަތުރުތައް އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިތުރުކުރުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނީ މިއީ އިންޑިއާގެ މަންޒިލްތަކަށް ކުރަމުންދާ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެ ކުންފުނިން މިވަގުތު މި ދެ ސަރަޙައްދަށް ހަފުތާއަކު ފަސް ދަތުރު ކުރަމުންދާއިރު، އެ ދަތުރުތައް ބާއްވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ނަމަވެސް، ޑިސެންބަރު 13 އިން ފެށިގެން އާދީއްތަ ދުވަސްތަކުގައި ވެސް ދަތުރުތައް ބާއްވައި، ކޮންމެ ހަފުތާއަކު ހަ ދަތުރު މި މަންޒިލްތަކަށް ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ޑިސެންބަރު މަހު އިންޑިއާގެ ދަތުރުތައް އިތުރުކުރަން ނިންމާފައިވާއިރު، ހަފުތާއަކު ފަސް ދުވަހު އެ ޤައުމަށް ދަތުރުކުރާ ގޮތަށް މޯލްޑިވިއަން އިން ހަމަޖެއްސީ ވޭތުވެދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ބޭސްފަރުވާއާއި ވިޔަފާރި އަދި އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން އިންޑިއާއަށް ދަތުރުކުރާތީ، މި ދަތުރުތަކަށް އަބަދުވެސް އޮންނަ ޑިމާންޑް ބޮޑެވެ. އަލަށް އިތުރުކުރެވޭ މި ދަތުރުތަކަށް ޓިކެޓް ނެގުމުގެ ފުރުޞަތު މިހާރު މޯލްޑިވިއަން އިން ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ޤައުމީ އެއަރލައިނުން މިހާރު ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރަމުން ދަނީ އިންޑިއާގެ 2 ސިޓީއަކާއި، ބަންގްލަދޭޝްގެ ޑާކާގެ އިތުރުން ޗައިނާގެ 3 ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއަށެވެ.

More ways to fly to India with us. ✈️
— MaldivianAero (@MaldivianAero) August 31, 2026
From 13 December, fly with us 6 times a week to Thiruvananthapuram and Kochi.
Plan your journey with greater flexibility and book at https://t.co/lwp36CCXG6. pic.twitter.com/byCuokNY5k
ބޭސްފަރުވާއާއި ވިޔަފާރި އަދި އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން އިންޑިއާއަށް ދަތުރުކުރާތީ، މި ދަތުރުތަކަށް އަބަދުވެސް އޮންނަ ޑިމާންޑް ބޮޑެވެ. އަލަށް އިތުރުކުރެވޭ މި ދަތުރުތަކަށް ޓިކެޓް ނެގުމުގެ ފުރުޞަތު މިހާރު މޯލްޑިވިއަން އިން ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ޤައުމީ އެއަރލައިނުން މިހާރު ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރަމުން ދަނީ އިންޑިއާގެ 2 ސިޓީއަކާއި، ބަންގްލަދޭޝްގެ ޑާކާގެ އިތުރުން ޗައިނާގެ 3 ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއަށެވެ.
ކިޔުންތެރިންގެ ހިޔާލު