މި ސަރުކާރުން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ވި ވައުދާ އެއްގޮތަށް، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރި ސިނާއަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު 2023 ވަނަ އަހަރު މަސްވެރިންނަށް ނުދެއްކި އޮތް 250 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތީ، އެ ފައިސާ ދިނުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމުގެ މަގުސަދުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން މަސްވެރިކަމުގެ ސިނާއަތުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސް، ސަރުކާރުން ކުރި މަސައްކަތުން ކުރީގެ ބެކްލޮގް އެއްކޮށް ޚަލާޞްކުރެވުނު ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރީގެ ދަރަނިތައް ދައްކައި ނިންމުމަށްފަހު، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފެށި ފަހުން މިފްކޯ މެދުވެރިކޮށް މިދިޔަ މަހުގެ 27 އާ ހަމައަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު