ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަ ކުރުމަކީ ހަމައެކަނި އިސްލާމް ދީނުގެ ހައިސިއްޔަތުން ކުށެއް ނޫން ކަމަށާއި ބައިނަލްއަގްވާމީ ހައިސިއްޔަތުން ވެސް އެއީ ވަރަށް ބޮޑު ކުށެއް ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާގެ އީދުމީލާދުގެ މުނާސަތުގައި ރައީސް މައުމޫންގެ ފައުންޑޭޝަންގެ ފަރާތުން "ވަސްމީރު ޒިކުރާގެ ޝަރަފުގައި" ގެ ނަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކީރިތި ރަސޫލާއަށް އިހާނެތިކޮށް ހިތުމަކީ ކުރެވޭނެ ކަމެއް އަދި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ދީނީ ގޮތުން އަދި ބައިނަލްއަގްވާމީ ގޮތުންވެސް ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފްރާންސްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރަހައި އާންމު ކުރުމާއި ފްރާންސްގެ ރައީސް އެކަން ދިފާއުކުރެއްވުން ރައީސް މައުމޫން ވަނީ ކުށްވެރި ކުރައްވާފައެވެ.

"އެއްވެސް އުސޫލަކުން، ދީނީ ހައިސިއްޔަތަކުން ވިޔަސް، ބައިނަލް އަގްވާމީ ހައިސިއްޔަތަކުން ވިޔަސް އެއީ ހުއްދަ ކުރެވޭނެ ކަމެއް ނޫން، އެ ކަން ކޮށްގެން ނުވާނެ، އެއީ އެބައި މީހުން ކުރާ ވަރަށް ބޮޑު ކުށެއް." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ މާތް ރަސޫލާގެ އެންމެ ހާއްސަ ސިފަ ފުޅަކީ ރަހުމްކުރެއްވުމާއި އޯގާތެރިވުން ކަމަށެވެ. ރަސޫލާ ރަހުމް ކުރެއްވީ ހަމައެކަނި މުސްލިމުންނަށް ނޫން ކަމަށާ މުސްލިމް ނޫން މީހުންނަށްވެސް އެކަލޭގެފާނު ރަހުމްކުރެއްވި ކަމަަށް ވިދާޅުވެ ރައީސް މައުމޫން އޭގެ ބައެއް މިސާލުތައް ދެއްކެވިއެވެ. އަދި އިންސާނުން ނޫން އެހެން ދިރޭ ތަކެއްޗަށްވެސް މާތް ނަބިއްޔާ ރަހުމް ކުރެއްވި ކަމަށް މައުމޫން ވިދާޅުވިއެވެ.

ބައެއްގެ ފުރައްސާރަ ރަސޫލާއަށް އަމާޒު ކުރެއްވި ނަަމަވެސް ދުނިޔެވީ ހަމައިން ބޭރުން އެއްވެސް ކަމެއް އެއްވެސް މުސްލިމަކު ކޮށްގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ. އެފަދަ ކުށެއް ކުރާ އެއްވެސް މީހަކަށް ޝަރީއަތުން ހުކުމެއް ކޮށްގެން ނޫން ގޮތަކަށް އަނިޔާއެއް އަދި ގެއްލުމެއްވެސް ދީގެން ނުވާނެ ކަމަށާއި، އެއީ ރަސޫލާ މި އުންމަތަށް ދަސްކޮށް ދެއްވި ގޮތް ކަަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން