އަމާން އުދަރެސް
އަމާން އުދަރެސް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސްގެ ޓަވަރަކުން ކުޑަކުއްޖަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވެއްޓިފައިވަނީ އަންހެން ކުއްޖެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް 16 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު 11:35 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އަނިޔާވި ކުއްޖާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ކުއްޖާއަށް މިހާރު ފަރުވާދެމުން އަންނަ ކަމަށާއި، އިތުރު ތަފްސީލެއް ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު