"ފަސްކުރި" ދޯނި
"ފަސްކުރި" ދޯނި
"ފަސްކުރި" ދޯންޏަށް ތޫނުއެއްޗެއްސާއިއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު 7 މީހަކު ހައްޔަރުކޮށްފިިއެވެ.

ފަސްކުރި ނަމަކަށްކިޔާ މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއެކު ބަޔަކު އަރާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ލ.އަތޮޅު އެތެރެވަރިން ވަޑިނޮޅު ކައިރީގައި އޮއްވައެވެ.

ފުލުުހުން ވަނީ މިމައްސަލައިގައި މިމަހުގެ 27 ވަނަ ދުވަހު 3 މީހަކު ހައްޔަރުކޮށްފައެވެ. އަދި މިއަދު މެންދުރާއި ހަމައަށް، މި މައްސަލައާއި ގުޅުންހުރިކަމަށް ތުޙުމަތުކުރެވޭ އިތުރު 7 ދިވެއްސަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމައްސަލައިގައި 16 މީހަކު ހައްޔަރުކުރިނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 9 މީހަކު ކޯޓުން ދޫކޮށްލާފައިވާކަމަށެވެ،

މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ލ.އަތޮޅު އެތެރެވަރިން ވަޑިނޮޅު ކައިރީގައި އޮއްވާ "ފަސްކުރި" ދޯންޏަށް ތޫނު އެއްޗެއްސާއެކު ބަޔަކު އަރާފައިވަނީ ދޯނި ގަތް ފަރާތުން ދޯނި ގަތް އަގަށްވާ ފައިސާ ދައްކަމުން ނުދާކަމަށް ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން