ސިނާމާލެ ފާލަމަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ډރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، ސިނާމާލެ ފާލަމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ރަޙުމަތްތެރިކަމާއި ގާތް ގުޅުމުގެ ދެމެހެއްޓެނިވި ރަމްޒެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ފާލަމަކީ އެކި ރަށްތައް ގުޅުވާލަދިން ޢުމްރާނީ ބިނާއެއް އެކަނި ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ޔަޤީންކަމުގެ އިތުރުން ކުރިއެރުމާއި ތަރައްޤީއަށް ގެންގުޅޭ އެއްގޮތް ވިސްނުން ރަމްޒުކޮށްދޭ ނިޝާނެއް ކަމަށެވެ.
އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެ، ބައިލޭޓަރަލް އެއްބާރުލުން ފުޅާކުރުމަށް އޮތް މުހިންމުކަން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.
މި މުނާސަބަތު ފާހަގަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާލަން ހިމެނޭ ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެ ތަން ބައްލަވާލައްވާފައެވެ.
އަދި ފާލަމުގެ އިމާރާތްކުރުމުގެ މަސައްކަތާއި އިފްތިތާޙީ ރަސްމިއްޔާތުގެ ހަނދާނީ ފޮޓޯ އެގްޒިބިޝަން ބައްލަވާލެއްވުމަށްފަހު، ރައީސް ވަނީ ފާލަމުގެ މިހާރުގެ ޙާލަތު ބެއްލެވުމަށް ފާލަން މަތީގައި ހިނގަވާލައްވާފައެވެ.
2018 ވަނަ އަހަރުގެ އޮގަސްޓު 30 ގައި ރަސްމީކޮށް ހުޅުވި ސިނާމާލެ ފާލަމަކީ މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލައި، މާލެ ސަރަޙައްދާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ހުޅުމާލޭގެ މަގުމަތީގެ ދަތުރުފަތުރަށް ބޮޑު އިންޤިލާބެއް ގެނުވި މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހިންގިއިރު ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރުގެ މަޤާމު އަދާކުރެއްވީވެސް މިހާރުގެ ރައީސް ډރ. މުޙައްމަދު މުޢިއްޒެވެ.
ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މި ފާލަމުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޚާއްޞަ ދެ ލޭނުގެ އިތުރުން ސައިކަލު ދުއްވުމަށް ޚާއްޞަ ލޭންތަކެއް ހިމެނެއެވެ. ޖުމްލަ 200 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވި މި މަޝްރޫޢަކީ ޗައިނާގެ 116 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 72 މިލިއަން ޑޮލަރުގެ ލުއި ލޯނުގެ އިތުރުން، ދިވެހި ސަރުކާރުން ޚަރަދުކުރި 12 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭހެން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު