އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީ ގެ މަތީ މަޖިލީހުގެ އިންތިހާބު ނުވަތަ ކޮންގްރެސް ގައި 1,300 އަށްވުރެ ގިނަ މެންބަރުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް، އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ސެޕްޓެމްބަރު 15 އިން 18 އަށް ކުރިއަށްގެންދާ މި އިންތިހާބުގެ ތައްޔާރީތައް ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
މި ބައްދަލުވުމުގެ އެންމެހައި އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށްގެންދިއުމަށްޓަކައި އެކި ކޮމިޓީތަކަށް މަސައްކަތްތައް ބަހާލައިގެން ކުރިއަށްދާއިރު، މިއީ ޕީއެންސީގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވާ ތާރީޚީ އިންތިޚާބަށް ވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ހުރިހާ ފަރާތްތަކަކަށް މި ބައްދަލުވުމުން ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސްޓިއަރިންގ ކޮމިޓީތަކުގެ އިސްވެރިންނާއި، އަންހެނުންނާއި ޒުވާނުންގެ ގޮފިތަކުގެ ރައީސުންގެ އިތުރުން ކައުންސިލްތައް ތަމްސީލުކުރައްވާ ޕާޓީގެ ރައީސުންނާއި ނައިބު ރައީސުން ހިމެނިވަޑައިގަންނަވައެވެ.
މިވަގުތު އެންމެ ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ އަތޮޅުތަކުން މާލެ ވަޑައިގަންނަވާ މަންދޫބުންނަށް ހޫނު މަރުޙަބާއެއް ދެންނެވުމަށާއި، އެބޭފުޅުންގެ އެންމެހައި އިންތިޒާމުތައް ފުރިހަމަކުރުމަށް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން، މި މަތީ މަޖިލީހަކީ ޕާޓީގެ ކުރިމަގުގެ ތަޞައްވުރު އިތުރަށް ހަރުދަނާކޮށް، ބިނާކުރަނިވި ގިނަ ޚިޔާލުތަކަކާއި މަޝްވަރާތަކެއް ފެނިގެންދާނެ ނުހަނު ކާމިޔާބު ބައްދަލުވުމަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.
70،000 އަށްވުރެ ގިނަ މެންބަރުންނާއެކު، ޕީއެންސީއަކީ މިވަގުތު ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

ކިޔުންތެރިންގެ ހިޔާލު