ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ސިޔާސީ ނިޒާމުގެ ތެރެއިން ވެރިކަމުގެ ވިދިވިދިގެން ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމުގެ ގާބިލުކަން ހުރި ހަމައެކަނި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ދިގު މުއްދަތެއްވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި އަމިއްލަފުޅަށް ހާސިލުކުރަން އެދިވަޑައިގެންނެވި ހުރިހާ ލަނޑުދަނޑިތަކެއް މިހާރު ހާސިލުވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ސިޔާސީ މައިދާނުގައި މިހާރު އޮތް އެންމެ ބޮޑު އަމާޒަކީ އަދި ހުވަފެނަކީ ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދެއްވުން ކަމަށާއި، އެ މަސައްކަތުގައި އެއްވެސް ފަސްޖެހުމެއް ނެތި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެވިފައި ނުވާކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ތާރީޚު ބަދަލުކުރައްވާނެ ވެރިޔަކީ ރައީސް މުއިއްޒު ކަމަށެވެ. އަދި އައު ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒުހާ އިހުލާސްތެރި ވެރިޔަކު އަދި މިހާތަނަށް ފެނިވަޑައިގެންފައި ނުވާ ކަމަށްވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ސިފަކުރެއްވީ ހަގީގީ ގައުމީ ވިސްނުމެއްގައި، ރައްޔިތުންގެ އިހުސާސްތަކާއި އަޑުތައް އެއްސެވުމަށްފަހު ގައުމު ހިންގަވަމުން ގެންދަވާ ނަމޫނާ ވެރިއެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި، އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ރައީސް ދެއްވާ ހާއްސަ އިސްކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި ޕީއެންސީ ވަރުގަދަކޮށް، ސިޔާސީ ގޮތުން ހަރުދަނާ ބާރަކަށް ހެދުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދީ، ރާއްޖޭގެ ސިޔާސީ ތާރީޚު ބަދަލުކޮށްލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި ހުންނަވާނީ އެންމެ އިސް ސަފުގައި ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު