ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އެ ރަށުގެ ރަޖިސްޓްރީގައިވާ އާބާދީގެ އަދަދުތަކަށް ބަދަލު ގެނެސް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުޤީޤު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
މި މައްސަލައިގެ ތަހުޤީޤަށް މި ހިނގާ މަހުގެ 10 ވަނަ ދުވަހު ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ފީޖީ އޮފީހުން ބުނީ، މި މައްސަލަ ތަހުޤީޤުކޮށް ނިންމުމަށްފަހު، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށް ދަނީ މައްސަލަ އިތުރަށް ދިރާސާ ކުރުންކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމެއް ތިނަދުއަށްގޮސް، ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ ބަޔާންވެސް ވަނީ ނަގާފައެވެ. އަދި އޭސީސީގެ ޓީމަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެ، އެ ތަން ފާސްކޮށް މައްސަލައާ ގުޅުންހުރި ބައެއް މުހިންމު ލިޔެކިޔުންތައް ވެސް ވަނީ ތަހުޤީޤުގެ ބޭނުމަށް ގެންގޮސްފައެވެ.
މި މައްސަލައަކީ ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ 2024 ވަނަ އަހަރު މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުއްވި މައްސަލައެކެވެ. މެންބަރު ސައުދުﷲ ތުހުމަތު ކުރަށްވާ ގޮތުގައި، ތިނަދޫގެ އާބާދީގައި 10,150 މީހުން ހަމަވާ ކަމަށް ދައްކާފައިވަނީ ހަގީގަތާ ޚިލާފަށް އޮޅުވާލައިގެންނެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ދެއްވީ 30 އޮގަސްޓް 2023 ގައި ކުރީގެ ރައީސް ޞާލިޙެވެ. ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު މިހާރުގެ ސަރުކާރުންވެސް ވަނީ ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނިންމަވައިފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ބަޔާން ކޮށްފައިވަނީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވެނީ އެ ރަށެއްގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 (ދިހަހާސް) އަށް ވުރެ މަތިވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު