ކީރިތި ރަސޫލާގެ އީދު މީލާދަކީ މުޅި އިންސާނިއްޔަތަށް އޮތް އުފަލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިންސާނިއްޔަތަށް ފާޅުކުރެއްވި އެންމެ ބޮޑު ނިއުމަތަކީ ކީރިތި ރަސޫލާކަމަށެވެ. އަދި ރަސޫލާގެ އީދު މީލާދަކީ މުޅި އިންސާނިއްޔަތަށް އޮތް އުފަލެއްކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝިދު ވިދާޅުވިއެވެ.



ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހުއެވެ. ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއައެއް ކަމަށް ގިނަ އިލްމުވެރިން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު