ކޮންމެ ވޯޓަކީވެސް އެ ވޯޓު ދެވޭ މީހާގެ އަދުލުވެރިކަމާއި ޤާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް ކަމަށާއި، އިސްލާމީ އުޞޫލުތަކަށް ބަލާއިރު ވޯޓަކީ ބޮޑު އަމާނާތެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ވޯޓުލާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ޝަކީލްގެ މެސެޖުގައި، ވޯޓުލުމުގެ ޙައްޤު އަދާކުރުމުގައި މާތް ﷲއަށް ބިރުވެތިވެ، ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
އަދި ޤައުމުގެ ވެރިކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކައުންސިލްތަކަށް މަންދޫބުން ހޮވުމަށް ދޭ ކޮންމެ ވޯޓަކީ ޤައުމީ ތަރައްޤީއަށާއި، ޤާނޫނީ ހަމަހަމަކަމުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުހަނު ބޮޑަށް އަސަރުކުރާނެ ނިންމުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެވެސް އޯގަސްޓް މަހުގެ 25 ވަނަ ދުވަސް ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއަހަރުގެ މި ދުވަސް ފާހަގަކުރަނީ "ވޯޓަކީ ޙައްގެއް އަދި ޒިންމާއެއް" މި ޝިއާރުގެ ދަށުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ 2015 ވަނަ އަހަރު ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހު ނިންމި ނިންމުމަކާ ގުޅިގެންނެވެ.
މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ޑިމޮކްރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ވޯޓުލާ މީހުންގެ ޙައްޤުތަކާ މެދު ހޭލުންތެރިކަން ބޮޑުކުރުމެވެ.
އަދި އިންތިޚާބީ ނިޒާމަށް އޮންނަ އިތުބާރު ބޮޑުކޮށް، ވޯޓުލުމުގެ މުހިންމުކަން އަންގައިދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަންނނީ ކޮންމެ އަހަރަކުވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު