އައްޑޫ ސިޓީގައި ކުރިއަށްދިޔަ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވެ، ހާލު ދެރަވި ބައެއް ކުދިންނަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާނާ ވިހަވުމުގެ ސަބަބުން ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށާއި، މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ހަތް ކުއްޖަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ބަލިވެފައި ވަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުން ކަމަށާއި، މި ކުދިންގެ ފަރާތުން ފެންނަމުންދާ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި، ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުން ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފައިވަނީ، ކެޑޭޓް ކޭމްޕުގެ ދަރިވަރުންތަކެއް ކާނާ ވިހަވެ ބައެއް ކުދިންގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
އެޗްއާރުސީއެމުން ވަނީ، މި ހާދިސާ ހިނގައިދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙްޤީޤު ކުރުމަށް ގޮވާލާފައެވެ. އަދި މިފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނޭ ގޮތަށް އިންތިޒާމުތައް ބައްޓަންކޮށް، ކަންކަން ބަލަހައްޓަމުން ގެންދިއުމަށް ކަމާބެހޭ އެންމެހައި އިދާރާތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، މި ހާދިސާގައި ހާލު ދެރަވެގެން ފަރުވާ ހޯދަމުންދާ އެންމެހައި ދަރިވަރުންނަށާއި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
އެޗްއާރުސީއެމް އިން މިހެން ބުނެފައިވާއިރު، މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އަދި ފަރުވާ ދެމުންދާ ކުދިންގެ އަދަދާ ގުޅޭގޮތުން ކަމާބެހޭ އެހެން އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް ތަފްސީލީ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާ ވިހަވެ ބައެއް ކުދިން ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހުމަކީ މިކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ކޮމިޝަނުން މިގެންދަނީ މި މައްސަލަ މޮނިޓަރކުރަމުންނެވެ.
— HRC of the Maldives (@hrcmv) August 24, 2026
މިކަން ހިގާދިޔަ ގޮތް ޙައްސާސް މައްސަލައެއްގެ…
މީގެއިތުރުން، މި ހާދިސާގައި ހާލު ދެރަވެގެން ފަރުވާ ހޯދަމުންދާ އެންމެހައި ދަރިވަރުންނަށާއި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
އެޗްއާރުސީއެމް އިން މިހެން ބުނެފައިވާއިރު، މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އަދި ފަރުވާ ދެމުންދާ ކުދިންގެ އަދަދާ ގުޅޭގޮތުން ކަމާބެހޭ އެހެން އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް ތަފްސީލީ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު