މާލޭ މާވެޔޮމަގުގައި ހުންނަ މއ. ދޫގަސްވިލާގޭގައި މިއަދު ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ހާލުގައި ޖެހުނު 41 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފޯރުކޮށްދީފިއެވެ.
މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް އޮންނަ ހަނި ގޯޅިގަނޑެއްގައި ހުރި ދެ ފަންގިފިލާގެ އިމާރާތެއް ކަމަށްވާ މއ. ދޫގަސްވިލާގައި ހިނގި މި ހާދިސާގައި އެ ގެއިން 15 ބިދޭސީއަކު ވަނީ ރައްކާތެރިކަމާއެކު އިވެކުއޭޓް ކޮށްފައެވެ. މީގެއިތުރުން، އަލިފާން ރޯވި ގެއާ އިންވެގެން ހުރި މއ. ދޫގަސް 1 އިމާރާތުގެ ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ 20 ދިވެހިންނާއި 6 ބިދޭސީން ހިމެނޭހެން ޖުމްލަ 26 މީހަކު ވެސް ވަނީ އެތަނުން ނެރެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެންޑީއެމްއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދޫގަސް 1 އިމާރާތުގެ އެކި ފަންގިފިލާތަކުން މީހުން ހުސްކޮށްފައިވަނީ، 1 ވަނަ ފަންގިފިލާއިން 6 ބިދޭސީން، 2 ވަނަ ފަންގިފިލާއިން 3 ދިވެހިން، 3 ވަނަ ފަންގިފިލާއިން 4 ދިވެހިން، 4 ވަނަ ފަންގިފިލާއިން 6 ދިވެހިން އަދި 5 ވަނަ ފަންގިފިލާއިން 7 ދިވެހިންނެވެ.
މި ހާދިސާގެ ސަބަބުން އަސަރުކުރި ދެ އިމާރާތުގެ ޖުމްލަ 41 މީހުންނަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ބޭނުންވާ އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެ މީހުންގެ ސްޕޮންސަރުންނާ ގުޅައި، އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައިވާ ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
މި އަލިފާނުގެ ހާދިސާ މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އަލިފާން ރޯވި އިމާރާތުގައި ދިރިއުޅުނު 4 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 3 މީހުންނާއި ސްރީލަންކާގެ މީހެކެވެ. މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު، އަނެއް ތިން މީހުންނަށް ދަނީ ފިހިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި އެންޑީއެމްއޭގެ އިމަޖެންސީ މެނޭޖްމަންޓް ޓީމުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު