މާލެ ސިޓީ ކައުންސިލުގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއެއްގެ މަގާމު އަރީޝްއަށް ދެއްވި ސީދާ ތާރީހެއް އަދި ސާފުވެފައެއް ނުވެއެވެ.
މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރުކަމަށް 2021 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި އަރީޝް، ސިޓީ ކައުންސިލްގެ ދައުރު ނިމުނުއިރު އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރެވުނީ މާޗު 16، 2024 ގައެވެ.
އަރީޝް އެންމެ ފުރަތަމަ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް، ޖެނުއަރީ 25، 2024 ގައި އޭނާ ވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރަށްވާފައެވެ.
އަރީޝް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް ހަމަޖައްސަވާފައިވާއިރު، ކުރީގެ އެޓަރނީ ޖެނެރަލް ޢާއިޝަތު ޢާޒިމާ ޝަކޫރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމަށް މިއަދު ވަނީ އައްޔަން ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު