ވަޒީރު އަމީންގެ ރަޝިޔާ ދަތުރުފުޅުގެ ތެރެއިން
ވަޒީރު އަމީންގެ ރަޝިޔާ ދަތުރުފުޅުގެ ތެރެއިން
ރަޝިޔާ އިން ދިވެހިރާއްޖެ އަށް ކުރަމުންދާ ވައިގެ ދަތުރުތައް އިތުރު ކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައެވެ. ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް މުޙައްމަދު އަމީން އެވެ. އަދި ރަޝިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސްޓޭޓް ސެކްރެޓަރީ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރެވް އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރަޝިޔާ އިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އަދި މިގޮތަށް ދަތުރުތައް އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމާއި ދިރުން ގެނެސްދޭނެ ކަމެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓަކީ ރަޝިޔާއެވެ.

އެހެންކަމުން، މި އައު އެއްބަސްވުމާއެކު ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް އިތުރުވެގެންދާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ލަފާކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް