މާލެ ސިޓީ ކައުންސިލްގައި އެމްޑީޕީގެ މެޖޯރިޓީ އޮތްނަމަވެސް، ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް ކައުންސިލުން ނުކުރާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދެއްވައިފިއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ އާންމު ޖަލްސާގައި ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ވަގުތީ ސައިޓު ހަދާ ބިން ހައުސިންގ މިނިސްޓްރީއަށް ދިނުމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައަށް ވާހަކަފުޅު ދައްކަވަމުންނެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށްޓަކައި ޚިދުމަތްކުރާ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ ސިޔާސަތުތައް އަބަދުވެސް ބައްޓަންވެފައި ހުންނާނީ ރައްޔިތުންގެ ފައިދާއަށް ކަމަށެވެ. ޚާއްޞަކޮށް ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ބޭނުންތައް ފުއްދައި ދިނުމަށް އެމްޑީޕީން އަބަދުވެސް އިސްކަންދޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.
"ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް މިތަނަކުން ނުކުރާނެ. އެ ޔަގީންކަން އަޅުގަނޑު މާލެ ސިޓީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވަން." މޭޔަރު ވިދާޅުވިއެވެ.
ހަމައެއާއެކު ކައުންސިލްގެ ނިންމުންތަކާއި މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭ ގޮތަށް އަދި ކަންކަން އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް ވެސް މޭޔަރު ޢާޒިމް ވަނީ އެދިވަޑައިގެންފައެވެ. އަދި ކައުންސިލްގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމާއެކު މާލެ ސިޓީގެ ތަރައްޤީއަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށްވެސް މޭޔަރ މިއަދު ވިދާޅުވިއެވެ.
މޭޔަރު މިހެން ވިދާޅުވެފައިވާއިރު، ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލްގެ މަޝްރޫޢު އަވަހަށް ފެށުމަށްޓަކައި ހައުސިންގ މިނިސްޓްރީން އެދިފައިވާ ވަގުތީ ސައިޓްތައް ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު ދޫކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހް މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު