ދިވެހިރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އައްޑޫ ބައިކް ޓުއާ 2026" ރަސްމީކޮށް ފަށައިފިއެވެ.
"ބައިކް ފެމިލީ" އިން އިންތިޒާމުކޮށްގެން އިއްޔެ ފެށި މި ހަރަކާތުގައި، އައްޑޫ ސިޓީގެ އެކި އަވަށްތަކުންނާއި އެހެނިހެން ސަރަޙައްދުތަކުން ގިނަ އަދަދެއްގެ ބައިސިކަލް ދުއްވުންތެރިން ބައިވެރިވެއެވެ.
މި ޓުއާގެ ބައިވެރިން އައްޑޫއަށް އައުމަށްފަހު އެކޮމޮޑޭޝަންތަކަށް ޗެކްއިންވުމަށްފަހު، އިއްޔެ ހަވީރު 5:00 ގައި ވަނީ ގޮނޑުދޮށުގައި ހަވީރުގެ ސައިބުއިމުގެ ޚާއްޞަ ވަގުތުކޮޅެއް ބާއްވާފައެވެ. އަދި ރޭގަނޑުގެ ކެއުމާއެކު، ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތަކާއި ޓީމު ޗެލެންޖުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދު ހެނދުނު 5:45 ގައި ބައިވެރިން 360 ހޮޓެލް ކައިރިއަށް ޖަމާވެ، ހެނދުނުގެ ނާސްތާއަށްފަހު 7:00 ގައި ވަނީ 17 ކިލޯމީޓަރުގެ ޚާއްޞަ ބައިކް ޓުއާ ފަށާފައެވެ. މި ދަތުރުގައި އިނގިރޭސީންގެ ތާރީޚީ ބިނާތަކާއި އައްޑޫގެ މުހިންމު އާސާރީ ތަންތަނަށް ޒިޔާރަތްކޮށް، ފޮޓޯ ނެގުމުގެ އިތުރުން ގްރޫޕް ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، މޫދަށް އެރުމާއި، ހަވީރު 4:00 ގައި ބާއްވާ ސައިބުއިމުގެ ވަގުތުގެ އިތުރުން، އިރުއޮއްސޭ މަންޒަރުގެ ޚާއްޞަ ފޮޓޯގްރަފީ މުބާރާތެއް ވެސް ކުރިއަށްދާނެއެވެ. އަދި މިރޭ 8:30 ގެ ކެއުމަށްފަހު، 9:15 ގައި ބައިސިކަލްތަކުގައި ލައިޓް ހަރުކޮށްގެން ކުރިއަށްގެންދާ "ފްލެޝިން ލައިޓް ރައިޑް" އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޓުއާގެ ތިންވަނަ ދުވަސް ކަމަށްވާ އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 7:00 ގައި ބައިވެރިން ފުރާނީ ހުޅުމީދޫއަށެވެ. އައްޑޫ ސިޓީ ކައުންސިލާއި އެ އަވަށުގެ ސްކޫލްތަކުގެ އެއްބާރުލުމާއެކު ހުޅުމީދޫގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްފަހު، މެންދުރުގެ ކެއުން އޮންނާނީ އެ އަވަށުގައެވެ. އަދި އެއަށްފަހު އެނބުރި ހިތަދޫއަށް އައިސް ރޭގަނޑުގެ ކެއުން ކުރިއަށްދާއިރު، އެރޭވެސް ޚާއްޞަ "ނައިޓް ރައިޑް" އެއް އޮންނާނެއެވެ.
މި އިވެންޓުގެ އެންމެ ފަހު ދުވަސް ކަމަށްވާ އޮގަސްޓު 21 ވާ ހުކުރު ދުވަހުގެ ހެނދުނު 5:45 ގައި ބައިސިކަލް ދުއްވާލުމަށްފަހު، ހެނދުނުގެ ނާސްތާއާއި ފުރުމުގެ ތައްޔާރީތައް ކުރިއަށްދާނެއެވެ. މި ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ފޮޓޯ ސްކެވެންޖަރ ހަންޓް، އެންމެ ފުރިހަމައަށް ޒީނަތްތެރިކޮށްފައިވާ ބައިސިކަލް ހޮވުން އަދި އިރުއަރާ އަދި އިރުއޮއްސޭ މަންޒަރު ދައްކުވައިދޭ ފޮޓޯގްރަފީ ޗެލެންޖުތައް ހިމެނެއެވެ.
މި ހަރަކާތް ނިންމާލުމުގެ ގޮތުން "ބެސްޓް ޓުއާ އެންޓަޓެއިނަރ" ގެ އެވޯޑު ދިނުމަށްފަހު، ބައިވެރިން އެނބުރި ދިއުމަށްޓަކައި އެއާޕޯޓަށް ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:30 ގައެވެ. މި ހަރަކާތަކީ ބައިސިކަލް ދުއްވުމުގެ އިތުރުން، އައްޑޫގެ ސަގާފަތް ދެނެގަތުމަށާއި ބައިވެރިންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު