އާބާދީއާއި އިޖުތިމާޢީ ގޮތުން ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށް، ޒުވާނުންނަށް ޝައުގުވެރިވާ ފަދަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު ޤީލާ ޢަލީ މިހެން ވިދާޅުވީ "ޕަލްސް، އާބާދީގެ ވިންދު 2045" އެގްޒިބިޝަން ހުޅުއްވައިދެއްވުމަށްފަހު، ޤައުމީ ތަރައްޤީއާއި އާބާދީގެ މުސްތަޤުބަލާ ގުޅޭގޮތުން ޚިޔާލުފާޅުކުރައްވަމުންނެވެ.
މި އެގްޒިބިޝަނަކީ 2045 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީއަށް އަންނާނެ ބަދަލުތަކާއި އިޖުތިމާޢީ މިސްރާބު ޑިޖިޓަލްކޮށް ފެންނަން ހުންނާނެހެން އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ.
ވަޒީރު ޤީލާ ފާހަގަކުރެއްވި ގޮތުގައި، ޤައުމީ މުހިންމު ކަންކަމުގައި ޒުވާނުންގެ ޙިއްޞާއާއި ޝައުގުވެރިކަން އިތުރުކުރެވޭނީ އެކުދިންނާ ގުޅޭ، ޒަމާނީ ގޮތްގޮތަށް މައުލޫމާތު ފޯރުކޮށްދީގެންނެވެ.
އެހެންކަމުން، ގިނަ ފަރާތްތަކަކުން މި އެގްޒިބިޝަން ބައްލަވާލައްވައި، ޚިޔާލު ހުށަހެޅުއްވުމުގެ ފުރުޞަތުގެ ބޭނުން ހިފުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
ރާއްޖެއަކީ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށްވުމުން، ޑެމޮގްރަފިކް ބަދަލުތައް ދެނެގަތުމާއި އެކަންކަމަށް ތައްޔާރުވުމުގައި ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ޤީލާ ފާހަގަކުރެއްވިއެވެ.
އާބާދީއަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫންކަމަށާއި، މިއީ ހުރިހާ ޖީލުތަކަކަށް އިންސާފާއި، ފުރުސަތުތަކާއި، ފެންވަރު ރަނގަޅު ދިރިއުޅުމެއް ކަށަވަރުކޮށްދިނުމާ ގުޅިފައިވާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާތީ، އާބާދީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާމެދު އަލުން ވިސްނައި، އަމަލީ ގޮތުން މަސައްކަތް ފެށުމަށް "ޕަލްސް އެގްޒިބިޝަން" އަކީ ލިބުނު މުހިންމު ފެށުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު