ހދ. ކުމުންދޫގައި އަލަށް އިމާރާތްކުރާ ސިއްޙީ މަރުކަޒުގެ ޓައިބީމް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ޕްރޮޖެކްޓް ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ކުމުންދޫގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި އެމްޓީސީސީއާ ދެމެދު މެއި 2025 ގައި ސޮއިކުރެވުނު 27.26 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 7،800 އަކަފޫޓުގެ ދެ ބުރީގެ ޒަމާނީ ޢިމާރާތެކެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 27 އޮގަސްޓް 2025 ގައެވެ. އަދި އޮގަސްޓް 2026 ގެ ތެރޭގައި ސައިޓް މޮބިލައިޒްކޮށް، ފައުންޑޭޝަން އަދި ޝަޓަރިންގ މަސައްކަތްތައް ނިންމުމަށްފަހު، މިހާރު ކުރިއަށްދަނީ އިމާރާތުގެ ޓައިބީމް ކޮންކްރީޓް އެޅުމުގެ މުހިންމު މަރުޙަލާއެވެ.
މި އިމާރާތް ފުރިހަމަވެ ޚިދުމަތް ދޭން ފެށުމުން، ކުމުންދޫގެ 1،515 އެއްހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ރަށުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް
ލިބިގެންދާނެއެވެ. އަދި އާދައިގެ ސިއްޙީ ފަރުވާތަކަށް ކައިރި ރަށްރަށަށާއި މާލެއަށް ދަތުރުކުރަންޖެހޭ ޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު