ބެޓަރީއިން ހިންގާ ދުނިޔޭގެ އެންމެ ބޮޑު ބޯޓު
ބެޓަރީއިން ހިންގާ ދުނިޔޭގެ އެންމެ ބޮޑު ބޯޓު
ބެޓެރީގެ ބާރުގައި ދުއްވާ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު، އެންމެ 3.70 ޕައުންޑުގެ ކަރަންޓު ބޭނުންކޮށްގެން ކުރި ފުރަތަމަ ޓެސްޓު ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ބޯޓަކީ ސްވިޑަންގެ ކުންފުންޏެއް ކަމަށްވާ، އަދި މިހާރު އެމެރިކާގައި ހިންގަމުން އަންނަ "ހާޓް އެއިރޯސްޕޭސް" އިން އުފައްދާފައިވާ 30 ގޮނޑީގެ ބޯޓެކެވެ. "އެކްސް1" (X1) ގެ ނަން ދީފައިވާ މި ބޯޓުގެ ފުރަތަމަ ޓެސްޓު ދަތުރު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހު (12 އޯގަސްޓް) އެމެރިކާގެ ނިއުޔޯކްގައި ހުންނަ ޕްލެޓްސްބާގް އިންޓަރނޭޝަނަލް އެއާޕޯޓުގައެވެ.

ބަރުދަނުގައި 25،000 ޕައުންޑް ހުންނަ އަދި ފިޔަގަނޑުގެ ދިގުމިނުގައި 10 ފޫޓު ހުންނަ މި ބޯޓު، ހަމައެކަނި ބެޓެރީގެ ބާރުގައި 27 މިނެޓު ވަންދެން ވައިގެ ތެރޭގައި އުދުހުނުއިރު، 1،100 ފޫޓު މައްޗަށް ދަތުރުކޮށްފައިވެއެވެ. އެއްވެސް ފަސިންޖަރަކު ނެތި ކުރިއަށް ގެންދިޔަ މި ޓެސްޓު ދަތުރުގައި ބޯޓުގައި އިނީ ހަމައެކަނި ޕައިލެޓެވެ.

ހާޓް އެއިރޯސްޕޭސްގެ ފައުންޑަރު އަދި ސީއީއޯ އެންޑަރސް ފޯސްލުންޑް ވިދާޅުވި ގޮތުގައި، "އެކްސް1" ގެ މި ކާމިޔާބު ދަތުރާއެކު، ވިޔަފާރި އުސޫލުން ދަތުރުކުރާ ބޮޑެތި މަތިންދާބޯޓުތައް ވެސް އިލެކްޓްރިކް ބާރުގައި އުދުއްސިދާނެކަން މިވަނީ ސާބިތުކޮށްދެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް