ސަރުކާރުން އަލަށް ތަންފީޒުކުރަން ފެށި ޑޮލަރުގެ ސިޔާސަތާ ގުޅިގެން ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ޢަމްރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޢަމްރު ތުހުމަތުކުރެއްވި ގޮތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފައިސާ ހޯދުމުގެ މަޤްޞަދުގައި ބޭންކިންގ ނިޒާމުގެ ތެރެއިން އުސޫލުތަކާ ޚިލާފު، އަޑިނޭނގޭ މުޢާމަލާތްތަކެއް ދަނީ ހިންގަމުންނެވެ.
ޢަމްރު ފާހަގަކުރެއްވި ގޮތުގައި، ރިސޯޓުތަކަށް ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމުގެ ކުރިން، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 18 އާއި 19 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް، އައު ސިޔާސަތަށް ޢަމަލުކުރަން ފެށުމާއެކު ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސް، މިހާރު 22 އާއި 23 ރުފިޔާއާ ދެމެދުގެ އަދަދަކަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން ޢާންމު ރައްޔިތުންނާ ހަމައަށް ވާސިލުވަނީ އެންމެ 10 އިންސައްތަ ކަމަށާއި، ބާކީ 90 އިންސައްތަ އެމްއެމްއޭއަށް ނަގާ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭންކުތަކުން ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާގައި ޑޮލަރުން ލޯނު ދޫކުރާ ކަމަށް ބުނި ނަމަވެސް، ޢާންމު ވިޔަފާރިވެރިންނަށް ދިވެހި ރުފިޔާއިންވެސް ލޯނު ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢަމްރު އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، ވަކި ޚާއްޞަ ފަރާތްތަކަކަށް ޑޮލަރުން ބޮޑެތި ލޯނުތައް ދޫކުރުމަށްފަހު، އެ ފައިސާ ވަގުތުން މާރުކޮށް، އަނބުރާ ދައްކަންޖެހެނީ ދިވެހި ރުފިޔާއިން ކަމަށް ހަމަޖައްސަމުންދެއެވެ. މިއީ ބޭންކިންގ ނިޒާމުގެ ތެރެއިން ނުފޫޒު ފޯރުވައިގެން ހިންގާ ނޭއްގާނީ ޢަމަލުތަކެއް ކަމަށާއި، މީގެ ސަބަބުން ޢާންމު ވިޔަފާރިވެރިންނަށް އޮތް ފުރުޞަތުތައް ހަނިވެ، ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު