ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އަމްރު މިފަދައިން ފާޑުވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ސަރުކާރު ހިންގާ ފަރާތްތަކުން މީގެ ދެ އަހަރު ކުރިން ރައްޔިތުންނަށް ވީ ވައުދުތަކާއި، މިއަދުގެ ހަގީގަތާ ދިމައެއް ނުވެއެވެ.
"މީގެ 2 އަހަރު ކުރިން ބުނީ މަޖިލިސް ލިބިއްޖެނަމަ ޑޮލަރުގެ އަގު 15 ރުފިޔާއަށް ވުރެ ދަށަށް ދާނެ ކަމަށް. ނަމަވެސް 2 އަހަރު ފަހުން މިއަދު ޑޮލަރުގެ އަގު ހުރީ 20.70 ގަ،" އަމްރު ވިދާޅުވިއެވެ.
އަމްރުގެ ޕޯސްޓުގައި ސަރުކާރުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން އިތުރަށް ވިދާޅުވީ، މިހާރު ދަށަށް ގޮސްފައިވަނީ ސަރުކާރުން ދައްކާ ވާހަކައާއި، ޒިންމާ ނެގުމުގެ ރޫހާއި، އަދި ރައްޔިތުންގެ މެދުގައި އޮތް ތާއީދު ކަމަށެވެ. މީގެ އިތުރުން، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަމްރު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ބޭރު ފައިސާގެ އަގު އުފުލިފައިވަނީ ކުރީގެ އެމްޑީޕީ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވުމާ ގުޅިގެންނެވެ.

2 އަހަރު ކުރިން ބުނި މަޖިލިސް ލިބިއްޖެނަމަ 15 އަށް ވުރެ ދަށަށް ދާނެއޭ.
— Amr 🎈 (@HusenAmr) July 6, 2026
2 އަހަރު ފަހުން ހުރީ 20.70 ގަ
ދަށަށް ދިޔައީ ދައްކާ ވާހަކަ
ދަށަށް ދިޔައީ ޒިންމާ ނެގުން
ދަށަށް ދިޔައީ ރައްޔިތުންގެ ތާއީދު
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ހިނގައްޖެ https://t.co/ORl9V4VAy7
އަމްރު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ބޭރު ފައިސާގެ އަގު އުފުލިފައިވަނީ ކުރީގެ އެމްޑީޕީ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވުމާ ގުޅިގެންނެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު