މާލެ ސިޓީ ކައުންސިލުން ކުނި އުކާލުމުގެ ހިދުމަތަށް ދައްކަންޖެހޭ 116 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހާމަކޮށްފިއެވެ.
ވެމްކޯއިން ބުނީ، މާލޭގެ ކުނި މެނޭޖުކުރުމަށް ސިޓީ ކައުންސިލަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު އެ ކައުންސިލުން ބަރާބަރަށް ދައްކަމުން ނުދާ ކަމަށެވެ. އެ ކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު 116،421،129.97 (ސަތޭކަ ސޯޅަ މިލިއަން ހަތަރު ލައްކަ އެކާވީސް ހާސް އެއްސަތޭކަ ނަވާވީސް ރުފިޔާ ނުވަދިހަ ހަތް ލާރި) އަށް އަރައެވެ.
މިހާ ބޮޑު އަދަދެއް ނުލިބި އޮތުމުގެ ސަބަބުން، ކުންފުނީގެ އާންމު އޮޕަރޭޝަންތައް ހިންގުމަށާއި ކަސްޓަމަރުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވަމުންދާ ކަމަށް ވެމްކޯއިން ފާހަގަކޮށްފައިވެއެވެ. އަދި ވިދިވިދިގެން ދެ މަސްދުވަހު ހިދުމަތުގެ އަގު ނުދައްކާ ފަރާތްތަކަށް ދެމުންގެންދާ ހިދުމަތްތައް މެދުކަނޑާލުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިގެންވާކަންވެސް ހަނދާންކޮށްދީފައިވެއެވެ.
ހިދުމަތް މެދުކަނޑާލުމުގެ ގާނޫނީ ބާރު އޮތް ނަމަވެސް، މާލޭގެ ކުނި އުކާލުން ހުއްޓާލައިފިނަމަ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ރިއާޔަތްކޮށް، މިހާތަނަށް ހިދުމަތް މެދުނުކަނޑައި ކުރިއަށްގެންދާ ކަމަށް ވެމްކޯއިން ބުންޏެވެ. އެހެންނަމަވެސް، ކައުންސިލުން ދައްކަންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް ދެއްކުމަށް އެ ކުންފުނިން ވަނީ ގޮވާލާފައެވެ.
ވެމްކޯއިން ބުނީ، ނުދައްކާ ހުރި ފައިސާ ހޯދުމަށްޓަކައި 2024 އަދި 2025 ވަނަ އަހަރުގެ ތެރޭގައި ސިޓީ ކައުންސިލާއެކު އެކި ފަހަރު މަތިން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވެއެވެ. ނަމަވެސް އެކަމުގައި ކައުންސިލުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލައަކީ މީގެ ކުރިން 2021 ވަނަ އަހަރުވެސް ފެންމަތިވެފައިވާ މައްސަލައެކެވެ. އޭރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އޭރު ދައްކަން އޮތް 30 މިލިއަން ރުފިޔާއާ ގުޅޭގޮތުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، އެއީ އޭގެ ކުރީގެ ސަރުކާރުން ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއް ކަމަށާއި، އެ ފައިސާ ބަޖެޓުން ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު