މާލެ ސަރަހައްދުގެ މިސްކިތްތަކަށް ވީލްޗެއާގައި ވަންނަން އުޅުމުން އެކަމަށް ހުރަސްއަޅާ ކަމަށް ބުނެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ކުރި ޝަކުވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި، ނުކުޅެދުންތެރިކަން ހުންނަ ފާއިޒު ނަމަކަށް ކިޔާ މީހަކު ވަނީ، ވީލްޗެއާގައި މިސްކިތަށް ވަނުމުން މިސްކިތް ހަޑިވާނެ ކަމަށް ބުނެ އޭނާއަށް ކުރިމަތިވި ހިތްދަތި ތަޖުރިބާތައް ވީޑިއޯއާއެކު ހިއްސާކޮށްފައެވެ. އޭނާ ކިޔައިދިން ގޮތުގައި މާލޭގެ ސޮލާހުއްދީން މިސްކިތުގެ އިތުރުން ހުޅުމާލޭގެ މިސްކިތަކުން ވެސް އޭނާއަށް ވަނީ މިފަދަ އިހާނެތި ގޮތްތަކަކާ ކުރިމަތިވެފައެވެ. މިސްކިތްތަކުން މިފަދަ ހުރަސްތަކާ ކުރިމަތިވުމުގެ ސަބަބުން، މިހާރު މިސްކިތަށް ނުގޮސް ގޭގައި ނަމާދުކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާއި، އެންސްޕާ މެދުވެރިކޮށް ލިބޭ ވީލްޗެއާގެ ފެންވަރު ދަށްވުމުގެ ކަންބޮޑުވުންތައް ވެސް ފާއިޒު ވަނީ ރައީސާ ހިއްސާކޮށްފައެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، މިއީ އިންތިހާއަށް ހިތާމަވެރި ކަމެއް ކަމަށާއި، ފާއިޒު ފާހަގަކުރެއްވި ކަންކަމަކީ ނުހަނު މުހިންމު މައްސަލަތަކެއް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެ މައްސަލަތަކަށް ދާއިމީ އަދި އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު