ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، އިތުރު 8 ދާއިރާއަކުން ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ފަހަރު ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ:
- އިހަވަންދޫ ދާއިރާ
- ނައިފަރު ދާއިރާ
- ފޮނަދޫ ދާއިރާ
- މީދޫ ދާއިރާ
- ވިލިމާލެ ދާއިރާ
- މައްޗަންގޮޅި ދެކުނު ދާއިރާ
- މާމިގިލި ދާއިރާ
- ތިނަދޫ އުތުރު ދާއިރާ
މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ބަލާނީ، އެދިފައިވާ މީހުންގެ އަދަދަށާއި، ކަނޑައެޅިފައިވާ ވަގުތުގެ އިތުރުން އިދާރީ އިންތިޒާމުތަކަށެވެ.
ބައްދަލުވުމުގެ އުސޫލުތައް:
- ކޮންމެ ބައިވެރިއަކަށް ވާހަކަދެއްކުމަށް 10 မိނިޓުގެ ވަގުތެއް ލިބޭނެއެވެ.
- ބައިވެރިޔާއާއެކު އާއިލާގެ މެންބަރަކަށް (އަނބިމީހާ/ފިރިމީހާ، ދަރިއަކު ނުވަތަ މައިންބަފައިން) ބައިވެރިވެވޭނެއެވެ.
- އަމިއްލަ ކަންކަމާއި، ދާއިރާގެ ކަންބޮޑުވުންތަކާއި، ގައުމީ މަސްލަހަތު ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.
- ބައްދަލުވުމުގައި އަދަބުވެރިކަން އިސްކުރަންޖެހޭނެއެވެ. ހުތުރު ބަހުން ވާހަކަދެއްކުމާއި މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކަށް ފުރުސަތެއް ނުދެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޕްރޮގްރާމް އިއުލާންކުރެއްވީ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައެވެ. މީގެ ކުރިން ވެސް 8 ދާއިރާއަކަށް މި ފުރުސަތު ދީފައިވާއިރު، މީގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު