ފައިސާއަކީ ހަމައެކަނި އަދަދުތަކެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އިހުސާސްތަކާއި، ނަފްސާނީ ހަމަޖެހުމާ ނުހަނު ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. ފަހަކަށް އައިސް "ފައިނޭންޝަލް ތެރަޕިސްޓް" ނުވަތަ މާލީ ނަފްސާނީ އެހީތެރިންގެ ޚިދުމަތަށް އޮތް ބޭނުންތެރިކަން އިތުރުވަމުންދަނީ މި ސަބަބަށްޓަކައެވެ.
"ފައިނޭންޝަލް ތެރަޕިސްޓް" އަށް ދިވެހިބަހުން "މާލީ ނަފްސާނީ އެހީތެރިޔާ" ނުވަތަ "މާލީ ކަންކަމާ ގުޅޭ ނަފްސާނީ މާހިރު" މި ނަން ބޭނުންކުރެވިދާނެއެވެ. މިފަދަ އެހީތެރިއަކު ހޯދަންޖެހޭ ސަބަބުތަކާއި، އެފަދަ ފަރާތްތަކުގެ ދައުރަށް ބަލާލަމާ ހިނގާށެވެ.
ބައެއް ގައުމުތަކުގައި މިއީ ވަކި ގާނޫނަކުން ރެގިއުލޭޓްކުރާ ލަގަބަކަށް ނުވި ނަމަވެސް، މާލީ ކަންކަމާއި ނަފްސާނީ ދުޅަހެޔޮކަމާ ހުރި ގުޅުމާ ބެހޭގޮތުން ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކަށް ހާއްސަ ސަނަދުތަކެއް ދެވެއެވެ. އޭގެ ތެރޭގައި ސެޓިފައިޑް ފައިނޭންޝަލް ތެރަޕިސްޓް (ސީ.އެފް.ޓީ) އަދި އެކްރެޑިޓަޑް ފައިނޭންޝަލް ކައުންސެލާ (އޭ.އެފް.ސީ) ހިމެނެއެވެ. މީގެ ތެރޭގައި މާލީ ދާއިރާގެ މާހިރުންނާއި ނަފްސާނީ ފަރުވާގެ މާހިރުންވެސް ހިމެނެއެވެ.
ތިބާ އިހުތިޔާރު ކުރާނީ ކޮން ބާވަތެއްގެ މާހިރެއްކަން ބިނާވެފައި އޮންނާނީ ބޭނުންވާ އެހީތެރިކަމުގެ މައްޗަށެވެ. ނަފްސާނީ ދާއިރާގެ ލައިސަންސް އޮތް ފަރާތެއް ނަމަ، ފައިސާގެ ސަބަބުން ދިރިއުޅުމަށާއި ގުޅުންތަކަށް ކުރާ ފުން އަސަރުތައް ދެނެގަނެ، އެކަމަށް ފަރުވާ ދިނުމުގެ ގާބިލުކަން ހުންނާނެއެވެ. އަނެއްކޮޅުން، މާލީ ރޭވުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މާލީ ނަފްސާނީ އެހީތެރިއަކަށް، ފައިސާ ބޭނުންކުރާނެ އަމަލީ އިރުޝާދުތައް ދޭން އެނގޭނެއެވެ.
މާލީ ނަފްސާނީ އެހީތެރިއެއްގެ ލަފާ ބޭނުންވާކަމުގެ ބައެއް ނިޝާންތައް:
މާލީ ކަންކަމާ މެދު މެދުނުކެނޑި ހާސްވުން: ފައިސާގެ މައްސަލަތަކާ މެދު އަބަދު ފިކުރުކޮށް، އެކަމުގެ ސަބަބުން ދިރިއުޅުމުގެ އާންމު ހަރަކާތްތަކަށް ބުރޫއަރާ ނަމަ، މިއީ އެހީތެރިކަން ހޯދަންވީ ވަގުތެވެ. އެފަދަ މާހިރަކަށް، ތިބާގެ ކޮންޓްރޯލްގެ ދަށުގައި ހުރި ކަންކަމާއި ނެތް ކަންކަން ވަކިކޮށްދީ، ހަމަޖެހޭ ވިސްނުމަކަށް މަގުދައްކައިދެވޭނެއެވެ.
މާލީ އިންތައް ކަނޑައަޅަން އުނދަގޫވުން: އަމިއްލަ މާލީ ހާލަތު ގޯސްވާއިރުވެސް، އެހެން މީހުންގެ އެދުންތަކަށް "ނޫނެކޭ" ބުނަން އުނދަގޫވާ ނަމަ، އެއީ ނަފްސާނީ ގޮތުން ހައްލުކުރަންޖެހޭ މައްސަލައެކެވެ. މާލީ ނަފްސާނީ އެހީތެރިއަކު، ކުށްވެރިކަމުގެ އިހުސާސްތަކުން ސަލާމަތްވެ، ދުޅަހެޔޮ މާލީ އިންތަކެއް ގާއިމުކުރަން ދަސްކޮށްދޭނެއެވެ.
ހިތްހަމަޖައްސާލުމަށްޓަކައި ބޭކާރު ހަރަދުކުރުން: މާޔޫސްވުމުން ނުވަތަ ސްޓްރެސްވުމުން، އެކަމުން އަރައިގަތުމަށްޓަކައި އަތުގައި ނެތް ފައިސާ ހަރަދުކުރުމަކީ ބައެއް މީހުންގެ އާދައެކެވެ. މިފަދަ އަމަލުތަކުގެ ފަހަތުގައިވާ ނަފްސާނީ ސަބަބުތައް ދެނެގަނެ، ހަރަދުނުކޮށް ހިތްހަމަޖެހުން ހޯދޭނެ ގޮތްތައް މާހިރުން ދަސްކޮށްދޭނެއެވެ.
ފައިސާ ހުރި ނަމަވެސް ހަރަދުކުރަން ބިރުގަތުން: މުހިންމު ބޭނުމަކަށް ނުވަތަ އުފާވެރިކަމަކަށް ފައިސާ ހަރަދުކުރަން ފަސްޖެހުމަކީވެސް މައްސަލައެކެވެ. މިއީ ކުރިމަތިވެދާނެ ދަތިކަމަކަށް އޮންނަ ބިރެއްގެ ސަބަބުން ވާކަމެކެވެ. މިފަދަ ބިރުތަކުން އަރައިގަތުމަށް މާލީ ނަފްސާނީ އެހީތެރިއެއްގެ އިރުޝާދު ބޭނުންވެއެވެ.
ދެމަފިރިންގެ މެދުގައި ފައިސާގެ މައްސަލައިގައި ދެބަސްވުން: ދެމަފިރިންގެ މާލީ އާދަކާދަތައް ތަފާތުވުމުގެ ސަބަބުން ޖެހޭ މައްސަލަތަކުގައި، ދެ ފަރާތުގެ ވިސްނުން އެއްގަލަކަށް އަރުވައި، ގުޅިފައިވާ މާލީ ލަނޑުދަނޑިތަކެއް ކަނޑައެޅުމަށް މިފަދަ މާހިރުން އެހީތެރިވެދެއެވެ.
މާލީ ގޮތުން ބައިވެރިޔާއަށް އޮޅުވާލުން: އާމްދަނީ ނުވަތަ ހަރަދުތައް ސިއްރުކުރުމަކީ (ފައިނޭންޝަލް އިންފިޑެލިޓީ) ގުޅުންތަކަށް ބޮޑެތި ލޮޅުންތައް އަރާ ކަމެކެވެ. މިކަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އިތުބާރު އިއާދަކުރުމަށް މާލީ ނަފްސާނީ އެހީތެރިއެއްގެ ދައުރު ބޮޑެވެ.
ކުއްލިއަކަށް ބޮޑު މާލީ ޒިންމާއެއް އުފުލަންޖެހުން ނުވަތަ އާމްދަނީއަށް އަންނަ ބޮޑު ބަދަލަކީވެސް ނަފްސާނީ ގޮތުން ބުރަ ކަންކަމެވެ. އެހެންކަމުން، މާލީ ހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، މާލީ ނަފްސާނީ އެހީތެރިއެއްގެ އިރުޝާދު ހޯދުމަކީ ބުއްދިވެރި ނިންމުމެކެވެ.

ކިޔުންތެރިންގެ ހިޔާލު